Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 08:36
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ަރައީސް ސޯލިހު
މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެސްބީއައި އިން މުހިންމު ދައުރެއް އަދާކުރޭ: ރައީސް
އެސްބީއާއިން މުޅިޤައުމަށް ދެމުންގެންދާ ހިދުމަތަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކޮށްފައި
ދިގު މުއްދަތެއްގައި ޚިދުމަތް ދިނުމުގައިދެމިއޮތުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި

އަމިއްލަ ފަރުދުންނަށާއި، ވިޔަފާރިވެރިންނަށް މާލީއެހީތެރިކަން ފޯރުކޮށް ދިނުމުގައި ސްޓޭޓް ބެންކް އޮފް އިންޑިއާއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެބޭންކަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެ ރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހަފްލާގައި ރައީސް ސޯލިހު ވަނީ 45 އަހަރު ވަންދެން އެސް.ބީ.އައި އިން ދިވެހިރާއްޖޭގައި ޚިދުމަތް ދެމުން ގެންގޮސްފައިވާތީ އެކަމަށްޓަކައި އެ ބޭންކްގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ޙިއްޞާދާރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެސް.ބީ.އައި ރާއްޖޭގައި ޚިދުމަތް ދޭންފެށިއިރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ފަށާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ އެސް.ބީ.އައި ކަން ފާހަގަކުރައްވާފައެވެ.  

 އެސް.ބީ.އައި އިން ދިވެހިރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްޤީއަށް އަދި ޖުމްލަ ގޮތެއްގައި މުޅިޤައުމަށް ދެމުންގެންދާ ޚިދުމަތަށް ރައީސް ސޯލިހު ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ވިޔަފާރިތަކަށް ކާމިޔާބާ ހަމައަށް ވާސިލުވުމަށް އެސް.ބީ.އައި އިން ވެދެއްވާ އެއްބާރުލުންވެސް ފާހަގަކުރައްވާފައެވެ.    

 އެސް.ބީ.އައި އިން  ދިގު މުއްދަތެއްގައި ޚިދުމަތް ދިނުމުގައިދެމިއޮތުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމެއްކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.      

މި ހަފުލާގައި އެސް.ބީ.އައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. 

އެސްބީއައިގެ ބްރާންޗެއް ރާއްޖޭގައި ހުޅުވާފައި ވަނީ 1974 ވަނަ އަހަރުގެ ފެބްރުއަރީ މަަހުގެއެވެ. އިންޑިއާގެ އެސްބީއާއިގެ 191 އޮފީސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ ގާއިމްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް