ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 19:41
ޒޯހިބް އިސްމާއިލް އަމީރީ
ޒޯހިބް އިސްމާއިލް އަމީރީ
ފޭސްބުކް
ޒޯހިބް އިސްމާއިލް އަމީރީ
އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ
 
ފީފާއިން ވަނީ މައްސަލަ އެޕީލްކުރަން ނިއުއަށް 10 ދުވަސް ދީފައި

މިދިޔަ ސީޒަނުގެ ކުރީކޮޅު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން ޒޯހިބް އިސްމާއިލް އަމީރީއަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 45،636 ޑޮލަރު 45 ދުވަސްތެރޭގައި ދެއްކުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ނިއުއަށް އެންގި އެންގުން އެޕީލްކުރުމަށް އެ ކްލަބުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން ވަނީ ނިއުއަށް މައްސަލަ އެޕީލްކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ. އެގޮތުން އެ ފުރުސަތުގެ ބޭނުން ހިފައި، އެ ކްލަބުން މައްސަލަ އެޕީލްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނިއު އިން އަމީރީއަށް މުސާރަ ނުދިން މައްސަލައިގައި އަމީރީގެ ފަރާތުން ފީފާއަށް ހުށަހެޅި، މައްސަލަ ބެލުމަށް ފަހު ފީފާއިން ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ވަނީ އަމީރީއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި، މަގުބޫލު އުޒުރެއް ނެތި އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ގޮތުގައި 30،130 ޑޮލަރު ދިނުމަށެވެ.

ނިއުއަށް ފީފާއިން ދިން 45 ދުވަހުގެ މުހުލަތު ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ކްލަބަށް ލިބޭނެ އަދަބަކީ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގެ ތެރޭގައި ކުޅުންތެރިއަކު ރަޖިސްޓްރީނުކުރެވުމެވެ.

މިދިޔަ ސީޒަނުގައި ނިއު އިން އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އިރު، އެ ކްލަބަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަމީރީ ރާއްޖޭން ފުރީ ޖޫން 8 ވަނަ ދުވަހު އެ ކްލަބުން ކަންތައްތައް އޮޅުވާލަމުންދާ ކަމަށް ބުނެއެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގުތަކެއް ގެއްލިފައި ވާތީ އޭގެ ބަދަލުތަކެއް ހޯދަން ދައުވާކުރާނެ ކަމަށް އޭރު ބުންޏެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ ދާދި ފަހުން ކުޅިވަރުގެ ހުރިހާ ހަރަކާތަކުން އެ ކްލަބް ސަސްޕެންޑުކޮށްފައެވެ. އެ ކްލަބް ސަސްޕެންޑުކުރީ މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދިނުމުން ސަސްޕެންޝަން އުވާލެވޭ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ