Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 20:02
މުސްތަފާ
މުސްތަފާ
މުހައްމަދު ޝަރުހާން
ފުލުހުން މީހުން ހައްޔަރުކުރުން
މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރުކޮށްފި
ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ވަނީ ބަލާފަ

ކުރީގެ ރައީސް ޢަބްދުﷲ ޔާމިނުގެ ދައުރުގައި މުލިއާގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުރި އަހްމަދު މުސްތަފާ މުހައްމަދު ހައްޔަރުކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މުސްތަފާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނީ މުސްތަފާ ހައްޔަރުކުރީ، ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ މައްސައެއްގައި، ހެކިންނަށް ނުފޯޒު ފޯރުވަން މަސައްކަތް ކުރުމާއި، ހެކިންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި ތުހުމަތުތަކުގައި މުސްތަފާ ހައްޔަރުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރެއް މުސްތަފާގެ ނަމުގައި ރަޖިސްޓްރީކުރުމަށް ފަހު، އެ ކާރާ ގުޅޭ މުއާމަލާތްތައް އެކި ގޮތް ގޮތަށް ބަދަލުކުރުމަށް ހިންގާފައިވާ ބޮޑު މައްސަލައެއްވެސް ވަނީ ފަޅާއަރާފައެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކަރަޕްޝަންސް ކަމިޝަން، (އޭސީސީ) އިންވެސް ވަނީ މި މައްސަލަ ބަލާފައެވެ.

ނިމިގެންދިޔަ އަހަރުގެ އޯގަސްޓް މަހުގެ މެދުތެރޭގައި ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައި ވަނީ، "މާސިޑީޒް ބެންޒް އެސް 600" މަރުކާގެ ކާރެކެވެ.

މި ކާރު ސިފައިންގެ ބެލުމުގެ ދަށުގައި އޮއްވައި، އެ ކާރު ކަސްޓަމްސްއިން ނެރުނު ކަމަށް ހެދުމަށްޓަކައި އަމިއްލަ ކުންފުންޏަކުން ހުށަހެޅުމަށް ފަހު، އެ މުއާމަލާތް ބާތިލުކޮށް މުސްތަފާގެ ނަމުގައި ކަސްޓަމްސްގެ ލިޔުންތައް ތައްޔާރުކޮށް، އެ ވެހިކަލް ރަޖިސްޓްރީކުރިއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމާއެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުސްތަފާ އެ ރަޖިސްޓްރީ ބާތިލުކުރަން އިތުރަށް މަސައްކަތް ފަށައި، އެ މުއާމަލާތު ބާތިލުކުރަން ސިޓީ ފޮނުވާފައިވެއެވެ. އަދި ކާރު މުލިއާގޭގެ ނަމުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
9 ފެބްރުއަރީ 2019 | ހޮނިހިރު 15:02
ސަކީނާއްތަ
ވަރަށް އުފާވެރި ދުވަހެއް.އެހެނީ މުލިއާގޭގައި ހުރެ ރައީސް ވިދާޅުވީ އޭ ކިޔާފައި ސަރުކާރުގެ ވެރިންނަށް ނުފޫޒު ފޯރުވާ