Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 18:49
އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާ
އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާ
އެމްއެންޑީއެފް
ނުރައްކާތެރި އެކްސިޑެންޓް
އެކްސިޑެންޓުގައި ބޮލަށް އަނިޔާވި ކުޑަކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
އަނިޔާވީ ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް
މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ދެކުދިންގެ ތެރެއިން އެއްކުއްޖެއް ވަނީ ގެއަށް ދޫކޮށްލާފައި

އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވެގެން ގެނައި ކުޑަ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އެކްސިޑެންޓް ހިނގީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އައިއެމްޑީސީ ކައިރިން މިކުއްޖާ ދުވެފައި ނުކުތް ވަގުތު ސައިކަލެއްގައި ޖެހިގެންނެވެ. މިކުއްޖާއަށް އިތުރުފަރުވާ ދިނުމަށް އެމަޖެންސީގައި މާލެ ގެނައީ އެމްއެންޑީއެފްގެ ހެލްކަޕްޓަރުގައި ހޮނިހިރު ދުވަހު ހެނދުނު 10:25 ގައެވެ. 

އައިޖީއެމްއެޗްގެ މީޑިއާ އޮފީޝަލް ވިދާޅުވީ ސައިކަލު އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 16 އަހަރުގެ ދެކުދިންގެ ތެރެއިން އެއްކުއްޖަކު ގެއަށް ދޫކޮށްލާފައިވާ ކަމަށާއި، އަނެއް ކުއްޖާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. ހުކުރު ދުވަހުގެރޭ ދަންވަރު ހިނގި މިއެކްސިޑެންޓުގައި 26 އަހަރުގެ ޒުވާނަކަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

ހުކުރު ދުވަހުގެ ރޭ ސެނެހިޔާ ކައިރިންވެސް ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ އަންހެނުންނާއި އެއް ފިރިހެނަކަށް އަނިޔާވެފައެވެ. މިތިން މީހުންނަށް ސެނަހިޔާއިން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް