Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 16:32
ލިވިންގް އެކްސްޕޯ މިނިސްޓަރު ހުޅުއްވައިދެއްވަނީ
ލިވިންގް އެކްސްޕޯ މިނިސްޓަރު ހުޅުއްވައިދެއްވަނީ
ރާއްޖެއެމްވީ
މޯލްޑިވްސް ލިވިންގް އެކްސްޕޯ
މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ފަށައިފި
އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 11 އަށް
އެސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހަޅާފައިވޭ

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ހަފްލާގައި މިއެކްސްޕޯ ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއެވެ. 

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެކްސްޕޯއެކެވެ.

ހައިރައިޒުން ބުނީ މިފަހަރު ވެސް މިއެކްސްޕޯގައި ގެދޮރުގެ ވިޔަފާރިކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެ ތަންތަނާއި، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާއި ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ކަމަށެވެ. 

ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން 22 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. 

ގޯތިގެދޮރުގެ ވިޔަފާރިކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ  ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. 

އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުވެސް މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް