Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 14:54
ޑެންގީ ހުން ޖެހުނު ކުއްޖަކު އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި މާލެ ގެންނަނީ
ޑެންގީ ހުން ޖެހުނު ކުއްޖަކު އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި މާލެ ގެންނަނީ
އެމްއެންޑީއެފް
ފ ފީއަލީގައި ޑެންގީ ފެތުރުން
ޑެންގީ ޖެހިފައިވާ ކުއްޖެއްގެ ހާލު ބޮޑުވެ ރާއްޖެއިން ބޭރަށް ގެންދަނީ
ހޮނިހިރު ދުވަހު ވެސް އިތުރު ކުދިންތަކަކަށް ޑެންގީ ޖެހިފައިވޭ
ފީއަލީގައި ޑެންގީގެ އިތުރުން، ބޭރަށް ހިންގުން ވެސް ފެތުރެމުންދޭ

ފ. ފީއަލީގައި ޑެންގީއަށް ޕޮޒިޓިވްވި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ، ރާއްޖެ އިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ ޑެންގީއަށް ޕޮސިޓިވްވި ހަ ކުއްޖަކު އެމްއެންޑީއެފްގެ ސީ އެންބިއުލައިންސްގައި އެމަޖެންސީގައި ހުކުރު ދުވަހުގެ ރޭ މާލެ ގެނެސްފައިވާ ކަމަށާއި އޭގެ ކުރިން ވެސް އެރަށުން ޑެންގީ އަށް ޕޮޒިޓިވި ހަތަރު ކުއްޖަކު މާލެ ގެނެސްފައިވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ތިން އަހަރާއި ހަތަރު އަހަރުގެ ކުޑަޖްކު ޑެންގީއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ޖަލީލު ވިދާޅުވީ ޑެންގީ އިތުރުވީ ޑެންގީ ޖައްސާ މަދިރި ކޮންޓްރޯލް ކުރުމަށް އެކަށިގެންވާ މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަދި ކަމާ ގުޅުން ހުރި މުއްސަސާތަކާ ގުޅިގެން އެކަށިގެންވާ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ފ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް އެރަށަށް ގޮސް، ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާއިރު އެރަށުގައި ޑެންގީގެ އިތުރުން، ބޭރަށް ހިންގުން ވެސް ފެތުރެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފީއަލީ ހެލްތު ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒައީމް ވިދާޅުވީ، އެރަށުގައި އާދަޔާޚިލާފަށް ޑެންގީ ފެތުރެމުންދާ ކަމަށާއި، ދުވާލަކު ގާތްގަނޑަކަށް 30 މީހުން ހުން އައިސްގެން ނުވަތަ އެފަދަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކާ ކަމަށެވެ

އާބާދީގައި ގާތްގަނޑަކަށް 1240 މީހުން ދިރިއުޅޭ ފީއަލީގައި ބަލި މީހުން ބެލުމަށް ހެލްތު ސެންޓަރުގައި އެންމެ ޑޮކްޓަރުންނާއި ތިން ނަރުހުން ތިބޭ އިރު، އެރަށުގެ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހެލްތު ސެންޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެގޮތުން ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ރަށު ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފާއިތުވި ތިން ދުވަހު ވެސް ރަށުތެރެއަށް މަދިރިބޭސް ޖަހައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް