Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 14:40
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ކޮންސްޓްރަކްޝަން ދާއިރާ
އެވެއަރނެސް ޕްރޮގްރާމް އޮން ކޮންސްޓަރަކްޝަން ސައިޓް ސޭފްޓީ ޕްރޮގްރާމް ފަށައިފި
މިޕްރޮގްރާމްގައި 23 ކުންފުންޏަކުން ވަނީ ބައިވެރިވެފައި

އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުވުމަށް ''އެވެއަރނެސް ޕްރޮގްރާމް އޮން ކޮންސްޓަރަކްޝަން ސައިޓް ސޭފްޓީގެ'' ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނެކްނޮލޮޖީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ 23 ކުންފުންޏަކުން ބައިވެރިވެއެވެ.

މިޕްރޮގްރާމާ ބެހޭ ގޮތުން އެ އިންސްޓިޓުއުޝަންގެ ސްޓޫޑެންޓް އެކަޑަމިކް އެންޑް ސްޓޫޑެންޓް ސަޕޯޓްގެ މެނޭޖަރު އިބްރާހިމް ޝަރީފް ހަސަން ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް މިޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ޝަރީފް ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެއް ކަމަށެވެ. އަދި ވިދާޅުވީ އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރާ މީހުންނާއި، އެސަރަހައްދުގައި ހިނގާބިނގާވާ މީހުންނާއި، ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް މުހިންމު ކަމަށެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ މިސިނާއަތުގައި މަސައްކަތް ކުރާ މީހުން އަދި މަސައްކަތް ކުރަމުން ގެންދާ ސައިޓްތަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ތަންތަން ނަމަވެސް ސައިޓްތަކުގައި އިސްކޮށް މަސައްކަތް ކުރާ މީހުން އިތުރަށް ތަމްރީންކުރުމާއި ހޭލުންތެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

މިޕްރޮގްރާމްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައި ވަނީ މިކަމާއި ބެހޭ ތަޖުރިބާކާރު ދިވެހި ބޭފުޅުންނެވެ.

މިޕްރޮގްރާމް ހިންގުމުގައި އެމްއައިޓީ އާއެކު ސެންޓަރ ފޯ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ޓްރޭނިންގ ކޮންސަލްޓޭޝަން އަދި މޯލްޑިވްސް ނޭޝަނަލް އެސޯޝިއޭޝަން ކޮންސްޓްރަކްޝަން އިންޑަސްޓްރީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް