Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 12:45
އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާ
އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާ
ޓްވިޓަރ
ނުރައްކާތެރި އެކްސިޑެންޓް
އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ މާލެ ގެނެސްފި
އަނިޔާވީ ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް

އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުޑަ ކުއްޖެއް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ ސައިކަލު އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ހެނދުނު 10:25 ގައި މާލެ ގެނެސްފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ ހުކުރު ދުވަހެވެ. މި އެކްސިޑެންޓް ހިނގީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އައިއެމްޑީސީ ކައިރިން މިކުއްޖާ ދުވެފައި ނުކުތް ވަގުތު ސައިކަލެއްގައި ޖެހިގެންނެވެ. 

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިކުއްޖާ މާލެ ގެނައީ ހާލު ސީރިއަސް ވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އުމުރުން 6 އަހަރުގެ ކުއްޖަކަށް އިތުރުފަރުވާއަށް މާލެ ގެންނަސްފައިވާއިރު، ހުކުރު ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ދެކުއްޖަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް