Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 11:59
ބައެއް ސަރަހައްދުތަކުގެ ކަނޑު
ބައެއް ސަރަހައްދުތަކުގެ ކަނޑު
މުހައްމަދު އަނިލް
މޫސުން ލަފާކުރެވޭގޮތް
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ސަރަހައްދު ތަކުގެ ކަނޑުތައް ގަދަވާނެ
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދު ވައިޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ޑިޕާރޓްމެންޓް އޮފް މީޓިއޮލޮރިޖަލް ސެންޓަރުން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މެންދުރުފަހުން ވިއްސާރަ ކުރުމާ އެކު ގުގުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު  މެދުތެރެ އާއި އުތުރު އަތޮޅު ތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވެގެން ދާއިރު ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ބައެއް ސަރަހައްދު ތަކުގެ  ކަނޑުތައް  ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް