Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 08:44
މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް
މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް
ރާއްޖެ އެމްވީ
ނުރައްކާތެރި އެކްސިޑެންޓް
ރޭ ހިނގި އެކްސިޑެންޓްގައި ދެ ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް!
އަނިޔާވެފައިވަނީ 16އަހަރުގެ ދެކުދިންނަށް
މިއެކްސިޑެންޓް ހިނގީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު

މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ރައްޔިތުން މަޖިލިސް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުން ދިޔަ އެހެން ސައިކަލެއް އޮވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ގޮސް އެމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 16 އަހަރުގެ ދެ ކުދިންނަށްށާއި، 26 އަހަރުގެ ފިރިހެނަކަށް ކަމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔަތަކުގެ ތަފްސީލެއް ނުދެ އެވެ. 

ސޯޅަ އަހަރުގެ ދެ ކުދިންނަކީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލްގައި ތިބި ދެ ކުދިން ކަމަށާއި، މިދެކުދިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަނެއް ސައިކަލްގައި އިން މީހާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެކުދިންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް