Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 11:34
ޕިޕީއެމްގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލް
ޕިޕީއެމްގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލް
މުހައްމަދު ޝަރުހާން
ޕީޕީއެމްގެ މައްސަލަ
މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން އުޅެނީ ޕީޕީއެމްއަށް ދައުލަތުން ފަައިސާ ނުދޭތީ : ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް
8.6 މިލިއަން ރުފިޔާ ނުދީފިނަމަ ދައުވާކުރާނަން

މޯލްޑިވިއަން އަށް ދައްކަން ޖެހޭ ރުފިޔާ ނުދެއްކިގެން އުޅެނީ ދައުލަތުން ޕީޕީއެމް އަށް ދޭންޖެހޭ 8.6 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހިފަހައްޓަފައިވާތީ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީނު މުހައްމަދު ވިދާޅުވީ  ޕީޕީއެމް އިން ދަރާފައިވަނީ ހަމައެކަނި މޯލްޑިވިއަން އަށް ނޫންކަމަށާއި އަމިއްލަ ފަރާތްތަކުގެ އިތުރުން ބައެއް ކުންފުނިތަކަށް ވެސް ލާރި ދައްކަން ޖެހޭ ކަމަށެވެ . މަތީން ވިދާޅުވީ ފައިސާ ހިފަހައްޓާފައި ވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށެވެ. 

ސިވިލް ކޯޓުން 3 ފެބްރުއަރީގައި ހުކުމް ކޮށްފައިވާ ގޮތުން ޕީޕީއެމްއިން 15 ދުވަސް ތެރޭގައި މޯލްޑިވިއަން އަށް 3.8 ރުފިޔާ ދައްކަން ޖެހެއެވެ. މިކަމާއި ގުޅިގެން މަތީން ބުނެފައިވަނި ދީފައިވާ މުހުލަތުގެ ތެރޭގައި ކުންފުނިތަކަށް ލާރި ދޭން ބޭނުންވާ ކަމަށާއި އެ މުއްދަތު ތެރޭގައި ލާރި ދައްކާނެކަން ނުވަތަ ޕީޕީއެމްއިން ހަދާނެގޮތެއް މަތީން ހާމައެއް ނުކުރެއެވެ. ފިނޭންސް މިނިސްޓްރީން 45000 މެމްބަރުންގެ ސިޔާސީ ހަރަކާތައް ދޭންޖެހޭ 8.6 މިލިއަން ރުފިޔާގެ ވާހަކަ ތަކުރާރުކޮށް ފާހަގަކުރައްވައި މަތީން ވިދާޅުވީ އެ ނުދީފިނަމަ ދައުވާކުރާނެ ކަމަށެވެ. މަތީން ވަނީ ޕީޕީއެމްއަށް ހުކުމް ކުރުމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ސަރުކާރުން ކުރަން ޖެހޭ ކަމަކީ ޕީިޕީއެމް ދަރާފައި އޮތް މިންވަރު ނުބަލައި ސަރުކާރުން ޕީޕީއެމް އަށް ދަރާފައިވާ ލާރި ދިނުން ކަމަށެވެ.

ޕީޕީއެމުން ދައްކަން ޖެހޭ ފައިސާއަކީ "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓްތައް ޗާޓަރކޮށް، ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެ ކެމްޕޭން ހަރަކާތާއެކު، ޕީޕީއެމުން ޖުމްލަ 3.8 މިލިއަން ރުފިޔާ، އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހުނެވެ.  

އައިލެންޑް އޭވިއޭޝަނުން މީގެކުރިން ވަނީ އެ ކުންފުންޏަށް ޕީޕީއެމުން ދައްކަންޖެހޭ ފައިސާ، އެ ޕާޓީއަށް ދައުލަތުންދޭ ފައިސާގެ ތެރެއިން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް