Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 08:02
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ނައިބު ރައީސް
ނައިބް ރައީސް ގއ. ވިލިނގިލި ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި
ކައުންސިލު މެންބަރުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދަތުރުފަރުތުގެ ނިޒާމު މިހާރަށްވުރެ ތަރައްޤީ ކުރަން ބޭނުންވާ ވާހަކަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ވިލިގިނލި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ނައިބް ރައީސާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލު މެންބަރުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދަތުރުފަރުތުގެ ނިޒާމު މިހާރަށްވުރެ ތަރައްޤީ ކުރަން ބޭނުންވާ ވާހަކައެވެ. އެގޮތުން މެންބަރުން ވަނީ ރަށުގެ ބަނދަރުގެ ހާލަތު ރަނގަޅުކޮށް، އެއާޕޯޓެއް އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވުމުގެ އިތުރުން ކައުންސިލުން ވަނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ނައިބް ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވާފައެވެ.

މީގެއުތުރުން މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ އެރަށުގައި އަލަށް އާބަދު ކޮށްފައިވާ ސަރަހައްދުގައި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވައިފައެވެ. އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް މެންބަރުން ވަނީ ޙިއްޞާކުރައްވައިފައެވެ.

މިކަމާއި ގުޅިގެން ނައިބް ރައީސް ވިދާޅުވީ ވިލިނގިލި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހާއްސަ ސަމާލުކަމެއްދެއްވައިގެން ޙައްލެއް ހޯދަން މަސަތްކަތް ކުރައްވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް