Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 23:08
ޮޝިފާގް މުފީދު (ކ)، ޝައުކަތު (މ)، މުއާޒް ހަލީމް (ވ)
ޮޝިފާގް މުފީދު (ކ)، ޝައުކަތު (މ)، މުއާޒް ހަލީމް (ވ)
މުހައްމަދު ޝަރުހާން
ޕްރޮގްރެސިވް ކޮންގްރެސް
ހިސްޓޯ، މުއާޒު، ނާއިފަށް ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓެއް ނުލިބުނު!
ކޯލިޝަންގެ ޕްރައިމަރީ ބާއްވާފައިވަނީ ހުކުރު ދުވަހު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ޕާޓީއާ، ޕީޕީއެމް ގުޅިގެން ހަދާފައިވާ ކޯލިޝަންގެ ޕްރައިމަރީގައި އެ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ޕްރޮގްރެސިވް ކޮންގްރެސްގެ ނަމުން އުފައްދާފައިވާ އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވާފައިވަނީ ހުކުރު ދުވަހު އެއެވެ. 

ޕްރައިމަރީގައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގް މުފީދު (ހިސްޓޯ) ވާދަކުރެއްވީ އަލިފުށި ދާއިރާއަށެވެ. އޭނާ އަށް ލިބުނީ 148 ވޯޓެވެ. އެއީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރި އަހްމަދު ހުސޭން އާއި އަޅާބަލާއިރު 47 ވޯޓުގެ ތަފާތެކެވެ. އަލިފުށި ދާއިރާގެ ޕްރައިމަރީގައި 498 މީހަކު ވަނީ ވޯޓުލާފައެވެ.

ހަވީރު ތިނަކުން ހަޔަކަށް މާލޭގެ އިތުރުން ރަށްރަށުގައި ގެންދިޔަ މި ޕްރައިމަރީގައި ތުލުސްދޫ ދާއިރާއަށް ކުރީގެ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ކުރިމަތިލެއްވިއިރު، އޭނާ ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގުއާ ވާދަކޮށެވެ. ސިއްދީގަށް 203 ވޯޓު ލިބުނުއިރު، ނާއިފް އަށް ލިބުނީ 136 ވޯޓެވެ.  

ކިނބިދޫ ދާއިރާގެ ޕްރައިމަރީގައި ފެނެކާ ކޯޕަރޭޝަންގެ ކުރީގެ ޑިރެކްޓަރ މުއާޒް ހަލީމް އަށް ލިބުނީ 51 ވޯޓުންނެވެ. އެ ދާއިރާގެ ޕްރައިމަރީ ކަމިޔާބު ކުރީ އަހްމަދު ހަލީލްއެވެ.

މުލަކު ދާއިރާގެ ޕްރައިމަރީގައި ދެ ބޭފުޅަކު ވާދަކޮށްފައިވާއިރު އެ ދެބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދައިގެން ޕްރައިމަރީ ކާމިޔާބު ކުރީ މަރިޔަމް ޖުހައިނާ ސާދިގްއެވެ.

މި ޕްރައިމަރީގައި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު، ވަނީ ފެލިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. ބޮޑު ތަފާތަކުން ފަޒުލް ޓިކެޓް ހޯއްދެވިއިރު އޭނާ ވަނީ 216 ވޯޓް ލިބިފަ އެވެ.

ފެލިދޫ ދާއިރަގެ ޕްރައިމަރީގައި ތިން ބޭފުޅަކު ވަނީ ވާދަކޮށްފައެވެ. 

ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ގިނަ ފަރާތްތަކަކަށް ވަނީ ދީފަ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި މެމްބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ރައީސް ޔާމީންގ ެސަރުކާރުގައި ސަރުކާރުގެ އިސް މަޤަމުތައް ފުރުއްވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސްގެ 2 ޓިކެޓެއް ވަނީ ޑީއާރުޕީގެ ކެނޑިޑޭޓުންނަށްވެސް ދީފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް