ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 03:35
ޔޫއޭއީން މާސްގައި ބިނާކުރާ ސިޓީއާ ވައްތަރު ކުރެހުމެއް
ޔޫއޭއީން މާސްގައި ބިނާކުރާ ސިޓީއާ ވައްތަރު ކުރެހުމެއް
ޓްވިޓަރ
ޔޫއޭއީ
އިންސާނުން އާބާދުކުރަން ޔޫއޭއީ އިން މާސްގައި ސިޓީއެއް ބިނާ ކުރަނީ
 
މި ޕްރޮޖެކްޓް ސައިންސާއި ޓެކްނޮލޮޖީއަށް ބޮޑު އިންގިލާބެއް ގެނުވާނެ
 
ޕްރޮޖެކްޓްގެ ނަމަކީ ދަ "މާސް 2117"

ޔުނަިއޓެޑް އެރެބް އެމިރޭޓްސްއިން ފުރަތަމަ ފަހަރަށް ޕްލެނެޓް މާސްގައި ސިޓީއެއް ބިނާކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ޔޫއޭއީން މި ޕްރޮޖެކްޓް އިއުލާން ކުރަމުން ބުނެފައިވަނީ، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލް އަގުވާމީ ތަޖުރިބާކާރުންނާއި އަދި މޮޅެތި ސައިންސްވެރިނާ ވެސް ގުޅިގެންކަމަށެވެ.

ދަ "މާސް 2117" އިއުލާނުކޮށްދެއްވަމުން ޔޫއޭއީގެ ނައިބު ޝެއިޚް މުހައްމަދު ބިން ރާޝީދު އަލް މަޚްތޫމް ވިދާޅުވީ، މި ބިން ފިޔަވާ އެހެން ޕްލެނެޓެއްގައި އިންސާނުން އާބާދު ކުރުމަކީ އެތައް ދުވަހަކުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

"ބައިނަލްއަގުވާމީ އެހީއާއެކު މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސޭތޯ ގަދައަޅާ މަސައްކަތް ކުރާނަން" 5 ވަނަ ވޯލްޑް ގަވަރުމެންޓް ސަމިޓްގައި ވާހަކަދައްކަވަމުން  ޝެއިޚް ވިދާޅުވިއެވެ.

ޔޫއޭއީ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި ސައިންސްވެރިންގެ ޓީމަކުން ރެޑް ޕްލެނެޓް މާސްގައި ބޮޑެތި ތަހުލީލުތަކެއް ކުރާނެއެވެ. މިކަމުގެ ތެރޭގައި ޔޫއޭއީގެ ސައިންސްވެރިން ތަކެއް އުފެދިގެންދާނެއެވެ.  

މި މެގަ ޕްރޮޖެކްޓާ ގުޅޭ ގޮތުން ހޯދަން ޖެހޭ ސައިންސްގެ ހޯދުންތަކާއި އިތުރު މަސައްކަތްތައް ކުރުމަށް 2021 ވަނަ އަހަރު ރެޑް ޕްލެނެޓް މާސްއަށް ޖައްވީ އުޅަދެއް ފޮނުވާލަން ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ވެގެންދާނީ ސައިންސާއި ޓެކްނޮލޮޖީއަށް ބޮޑު އިންގިލާބެއް ގެނުވާނެ ޕްރޮޖެކްޓަކަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް