Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 14:18
ކުޑަހުވަދޫއަށް ކުރަމުން ދާ ވިއްސާރަ
ކުޑަހުވަދޫއަށް ކުރަމުން ދާ ވިއްސާރަ
ރާއްޖެއެމްވީ
ވާރޭވެހި ފެންބޮޑުވުން
ދ.ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
4 ގެއެއްގެ ވެލި ބަސްތާ ޖެހުމުގެ މަސަތްކަތް ދަނީ ކުރަމުން

ދ.ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައިވާތީ، އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ކުރަމުން ދާކަމަށެވެ.

އަދި 4 ގެއަކަށް ފެންވަދެފައިވާކަމަށާއި އެ ގެތަކުގައި ވެލި ބަސްތާ ޖަހަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދިވެސް އެ ރަށަށް ވާރޭ ވެހެމުން ދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކުޑަހުވަދޫ އަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން

ކ އަތޮޅާއި ލ އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަރަހައްދަށް ވަނީ ހުކުރު ދުވަހު ވައިޓް އެލާޓް ނެރެފައިވެއެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 9:15 އިން ހަވީރު 15:00 އާއި ހަމައަށެވެ. ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް