ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 11:45
ފުޓްބޯލް ރެފްރީން
ފުޓްބޯލް ރެފްރީން
ގޫގުލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އައްޑޫގައި ބާއްވާ ފުޓްބޯލް ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
ބައިވެރިވަން އެދޭ ފޯމު ހުށައެޅުމުގެ ފަހު ތާރީހަކީ މިމަހުގެ 19
 
ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ މަގްސަދުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަތޮޅުތެރެ އާއި މާލޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކަށް ބޭނުންވާ ރެފްރީން ތަމްރީނުކުރުމުގެ މަޤްސަދުގައި ސިލްސިލާ ކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ދަށުން އައްޑޫގައި ބާއްވާ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ އެއްވަނަ ދުވަހުއެވެ.

ހަތް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމްގެ އައްޑޫ އޮފީހުން ލިބެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވަން އެދޭ ފޯމު ހުށައެޅުމުގެ ފަހު ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހެވެ.

ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް މާރޗު މަހުގެ އެއްވަނަ ދުވަހު މާލޭގައިވެސް ފެށުމަށް ހަމަޖެހިފައިވާއިރު، މި ކޯސް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމު ހުށައަޅަން ޖެހޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

މި ކޯހުގައި ރެފްރީން ތަމްރީނުކުރާނީ ތަޖުރިބާކާރު ދިވެހި ރެފްރީންކަމަށް އެފްއޭއްމުން ބުނެއެވެ. މ.ދިއްގަރު އަދި ލ.ފޮނަދޫގައި ހިންގާފައިވާ މި ކޯސްތަކުގެ ބޭނުމަކީ ޒުވާން ރެފްރީން އުފެއްދުން ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

އިތުރަށް މައުލުންމާތު ދެމުން އެފްއޭއެއްމުން ބުނީ މާލޭގައި އޮންނަ ކޯހުގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް 25 އަހަރުން މަތީގެ ބޭފުޅުންނަށް ބައިވެރުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެ ބޭފުޅުން އަތުން 1500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައި ވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ