ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 10:08
އެންތަނީ ޑޭވިސް - ލައިވް ސްކޯ
އެންތަނީ ޑޭވިސް - ލައިވް ސްކޯ
ގޫގުލް
އެންތަނި ޑޭވިސް
ޕެލިކަންސްގެ ކުޅުންތެރިޔާ އެންތަނީ ޑޭވިސް ސީޒަން ނިމެންދެން އެޓީމުގައި ހުންނާނެ
 
ޑޭވިސް ވަނީ ޓީމުގައި ހުންނާނެކަން ކަށަވަރު ކޮށްދީފަ
 
އެންތޮނީ ޑޭވިސް ސީޒަން ނިމެންދެން ޕެލިކަންސްގައި ހުންނާނެ

އެންބީއޭގެ ކްލަބް ޕެލިކަންސްގެ ކުޅުންތެރިޔާ އެންތޮނީ ޑޭވިސް ސީޒަން ނިމެންދެން އެ ކްލަބުގައި ހުންނާނެކަމަށް އެ ޓީމުގެ ޖެނެރަލް މެނޭޖަރ ޑެލް ޑެމްޕްސް ބުނެފިއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެންތަނީ ޑޭވިސް ވަނީ ޓީމުގައި ހުންނާނެކަން ކަށަވަރު ކޮށްދީފައެވެ. އަދި ޓީމު މޮޅުކޮށްދިނުމަށް ރަނގަޅަށް ކުޅޭނެކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދީފައެވެ.

ޑޭވިސްގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވަނިކޮށް ނިއު އޯލިންސް ޕެލިކަންސްއާ އެކު އިތުރަށް ހުންނަން ބޭނުންނުވާ ކަމަށް ޑޭވިސް މީގެ ކުރިން ވަނީ ބުނެފައެވެ.

ޓްރާންސްފާ މާކެޓްގައި ލޭކާސް، މިލްވޯކީ ބަކްސް އަދި ޓޮރޮންޓޯ ރެޕްޓޯސް ވަނީ ޑޭވިސްއަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ޓީމަކާ އެއްކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

ޖެނުއަރީ މަހު 28 ވަނަ ދުވަހު ޑޭވިސް ވަނީ އިތުރަށް ޕެލިކަންސް އަށް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ އަމިއްލަ ގޮތުން އެހެން ޓީމެއް ހޯދުމަށް ހުށައަޅާފައެވެ. ޑޭވިސްގެ މިއަމަލާ ގުޅިގެން ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ 50،000 (ފަންސާސް ހާސް) ޑޮލަރުން ޑޭވިސް ޖޫރިމަނާ ކޮށްފައެވެ.

އެންތަނީ ޑޭވިސް ޕެލިކަންސް އަށް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ