Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 09:46
ފެރީގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވަނީ
ފެރީގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވަނީ
މުހައްމަދު ޝަރުހާން
ފަރެެސް މާތޮޑާ
ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
ފެރީގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

އެ ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބްރައީސް ފައިސަލް ވިދާޅުވީ، ސްކޫލް ދަރިވަރުންނާއި، މަސްވެރިންނާއި، ވިޔަފާރިވެރިންނަށް އަދި ފަތުރު ވެރިންނަށް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. އަދި ގާއިމް ކުރެވުނު ނެޓްވޯކުމެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ މިގާއިމް ވެގެންދިޔަ ނެޓްވޯކުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަ ވެގެން ދިއުން." ފައިސަލް ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވދާޅުވީ، ހުކުރު ދުވަހު ފެރީގެ ޚިދުމަތް އިފްތިތާހު ކުރެވުނުކަމުގައި ވިއަސް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޚިދުމަތް ދޭނީ ހަފްތާއަކު ދެފަހަރު ކަމަށެވެ. 

އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް ކައިރިން ރައްޔިތުންނަށް ޚިދުމަތް ދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ޑިމާންޑްތައް އޮތްވަރަކުން ޚިދުމަތް ފުޅާކުރުމަށް ވިސްނަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
8 ފެބްރުއަރީ 2019 | ހުކުރު 05:56
ޝާފް
ސާބަހޭ ސަރުކާރު.