Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 07:45
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އިބްދުﷲ
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އިބްދުﷲ
ރައީސް އޮފީސް
ހޯމް މިނިސްޓަރު އިމްރާން
ގައުމީ މަސްލަހަތަށް ވުރެ ސިޔާސީ މަސްލަހަތު އިސްނުކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ: ހޯމް މިނިސްޓަރ
ދިވެހިންގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރެވޭނީ ވިސްނުމާއި ފިކުރު އެމަގުން ބައްޓަން ކޮށްގެން ކަމަށް ވިދާޅުވި
މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންގެޖުންތަކާއި އުދުވާނަކީ ތަފާތު އުދުވާން ތަކެއް ކަމަށް ވިދާޅުވި

ގައުމީ މަސްލަހަތަށްވުރެ ސިޔާސީ ވާދަވެރިކަން އިސްނުކުރުމަށް ހިތުގެ އަޑިން އެންމެން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިޔާސީ ބައިބައިވުންތަކަކީ ގައުމުގެ މިނިވަން ކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެއްޖެ ނަމަ ދިވެހިންނަކީ ނިކަމެތި އަޅުވެތި ބަޔަކަށް ވުމުގެ ފުރުސަތު އަބަދުވެސް ކުރިމަތިވާ ކަމަށެވެ.

"އެންމެންގެ ކުރިމަތީގައި އެންމެ އިސްވާންޖެހޭނީ ދީނާއި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން .ދިވެހިންނަށް ލިބޭ ފާގަތި ކަމާއި އިއްޒަތްތެރިކަން،" މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރެވޭނީ ވިސްނުމާއި ފިކުރު އެމަގުން ބައްޓަން ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެވޭލާ ޒަމާނުއްސުރެ ކާބަފައިންގެ އަބްތޯލުން އިސްލާމް ދީނާއި ގައުމު ހިމާޔަތްކުރީ އެދުވަސްވަރުގެ ސާމާނާއި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

ނަމަވެސް މިއަދު މިވަނީ ޒަމާން ބަދަލުވެފައި ކަމަށާއި މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންގެޖުންތަކާއި ކުރިމަތިލާން ޖެހިފައިވާ އުދުވާނަކީ ތަފާތު އުދުވާން ތަކެއް ކަމަށެވެ.

އެހެންކަމުން މިއަދު ދިވެހިން ދީނާއި ގައުމު ހިމާޔަތް ކުރުމުގައި ޒަމާނާއި ހާލަތުގެ ފިކުރަށް ވިސްނައި އެކަމާއި ދޭތެރޭ ނަޒަރު ހިންގާ އޭގެ މައްޗަށް ތެދުވެގެން މެނުވީ ދިވެހި ގައުމު ހިމާޔަތް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދު ގައުމުގެ ހިމާޔަތުގައި ތެދުވަން ޖެހޭނީ ކަނޑި ބަޑި ހިފައިގެން ނޫން ކަމަށާއި މިއަދު ގައުމުގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ދުނިޔެގެ ކަންކޮޅުތަކުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނީ ވިސްނުންތެރިކަމާޢި ހިކުމަތާއި ފިކުރާއި އެކުގައި ކަމަށެވެ.

އަދި ސިކުޑިއަށް އާމާޒްވެގެން އަންނަ ނުރައްކާތެރި ވިސްނުންތައް ދުރުކުރެވޭނެ ރަނގަޅު ބީދައަކުން އަމާޒުކުރެވޭ ތެދުވެރި މަސައްކަތްތަކެއް ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަވަނަ ވެފައިވާ ދުނިޔޭގައި ބައިނަލް އަޤްވާމީ މިޖުތަމައުގައި ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދާހިނދު ކުރިމަތުވަމުން އަންނަ ކަންކަމާއި މެދު ވިސްނާ ފިކުރުކޮށް އެކަންކަމާއި ރިވެތި އުސޫލުން ކުރިމަތިލުމުގެ ހުށިޔާރު ކަމާއި ވިސްނުން ދިވެހި ޒުވާނުންގެ ކިބައިގައި ޚާއްސަކޮށް ދިވެހި ސަލާމަތީ ބާރު ތަކުގެ ކިބައިގައި އުފައްދަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް