Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 21:03
ފޮރިން މިނިސްޓަރ ޝާއިދު (ކ) އާއި އީޔޫ ސަފީރު ޓުންގް-ލައި (ވ)
ފޮރިން މިނިސްޓަރ ޝާއިދު (ކ) އާއި އީޔޫ ސަފީރު ޓުންގް-ލައި (ވ)
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓަރ ޝާހިދު
ޝެންގެން ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އީޔޫ ސަފީރުގެ އަރިހުން ޝާހިދު އެދެފި
ރާއްޖެ އަށް އެހީތެރިވެދޭނެ ކަމުގެ ޔަގީން ކަން ސަފީރު ވަނީ ދެއްވާފައި

ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރު ކުރަން ބޭނުންވާ ޝެންގެން ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އީޔޫ ސަފީރު ޓުންގް-ލައިގެ އަރިހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ޝާހިދު މި ކަމަށް އެދި ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު އީޔޫ ސަފީރު ފޮރިން މިނިސްޓަރުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. ދިވެހިރާއްޖޭގައި ހުރެގެން ޖަރުމަނުގެ ޝެންގެން ވިސާއަށް އެދުމުގެ ގޮތުން ރާއްޖޭގައި ވިސާ އެޕްލިކޭޝަން ކްލިނިކެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.  

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޔޫރަޕް ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު ގުޅުން ހަރުދާނަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން ރާއްޖެއިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ސަފީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ މޯލްޑިވްސް–އީޔޫ ޕޮލިސީ ބައްދަލުވުމަށް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އީޔޫގެ ސަފީރަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ހަމަ އެއާ އެކު އެ ބައްދަލުވުމުގެ ސަބަބުން ރާއްޖެ އާއި އީޔޫއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވެސް ދެ ބޭފުޅުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.  

 

ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްއަކީ ދިވެހިރާއްޖެ އާއި ޔޫރަޕްގެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވަމުން އަންނަ ވޯކްޝޮޕް ބައްދަލުވުމެކެވެ. މި ވޯކްޝޯޕް އެންމެ ފަހުން ބާއްވާފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި 2017 ވަނަ އަހަރުއެވެ.

މި ބައްދަލުވުމުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލް، ފޮރިން ސެކެރެޓަރީ އަބްދުލް ޣަފޫރު، ރާއްޖެއިން ބެލްޖިއަމް އަށް އައްޔަންކޮށްފައިވާ ސަފީރު، ހަސަން ސޯބިރު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާސްގެ ޑައިރެކްޓަރ ޝިއުނީން ރަޝީދު ވެސް ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް