Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 16:19
އިމާރާތްކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވޭ
އިމާރާތްކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވޭ
މުހައްމަދު ޝަރުހާން
އިމާރާތްކުރުމުގެ ދާއިރާ
އިމާރާތްކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ!
ހެނދުނު 9:00 އިން ހަވީރު 4.00 އަށް ކުރިއަށްދާނެ
15 ކުންފުނީގެ ފަރާތުން 29 ސައިޓް ސްޕަވައިޒަރުން ބައިވެރިވާނެ

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން އިސްނަގައިގެން އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރާ މީހުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

އެގޮތުން ފެބްރުއަރީ މަހުގެ 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4.00 ޖަހަންދެން "އެވެއަރނެސް ޕްރޮގްރާމް އޮން ކޮންސްޓްރަކްޝަން ސައިޓް ސޭފްޓީ" ނަމުގައި އެއް ދުވަހުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެ އިންސްޓިއުޓުން ބުންޏެވެ.

ދިވެހި ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރިއަރަމުން، ފުޅާވަމުން އަންނަ ދާއިރާއަކަށް ވުމާ އެކު މި ސިނާއަތުގައި މަސައްކަތްކުރާ މިހުންނަކީ މުހިއްމު ބަޔަކަށް ވަނީ ވެފައި ކަމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ބުންޏެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރާ މީހުންނާއި އެ ސަރަހައްދުގައި ހިނގާބިނގާވާ މީހުންނާއި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މުހިއްމުކަމަކަށްވާއިރު، މިސިނާއަތުގައި މަސައްކަތް ކުރާ މީހުން އަދި މަސައްކަތް ކުރަމުން ގެންދާ ސައިޓް ތަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ތަންތަން ކަމުގައި ހެދުމަކީ މުހިއްމު ކަމެއް ކަމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ދެކެއެވެ.

މި ޕްރޮގްރާމްގައި ދިވެހި ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ 15 ކުންފުނީގެ ފަރާތުން 29 ސައިޓް ސްޕަވައިޒަރުން ބައިވެރިވުމަށް ވަނީ ހަމަ ޖެހިފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ މިކަމާ ބެހޭ ތަޖުރިބާކާރު ދިވެހި ބޭފުޅުންނެވެ. މި ޕްރޮގްރާމް ހިންގުމުގައި އެމްއައިޓީއާ އެކު ސެންޓަރ ފޯ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ޓްރޭނިންގ ކޮންސަލްޓޭޝަން (COSH) އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ކޮންސްޓްރަކްޝަން އިންޑަސްޓްރީ (MNACI ) ގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް