ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 15:21
އެމިލިއާނޯ ސަލާ އާއި ޕައިލެޓް އިބޮސްޓަން
އެމިލިއާނޯ ސަލާ އާއި ޕައިލެޓް އިބޮސްޓަން
ގޫގުލް
އެމިލިއާނޯ ސަލާ
އިމިލިއާނޯ ސަލާ ދަތުރުކުރި ޖެޓުން ފެނުނު ހަށިގަނޑު ނަގައިފި
 
ފެނުނު ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއް ކަމެއް ޔަގީނެއް ނޫން
 
ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިން

ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ހޯމަދުވަހު ފެނުނު ޖެޓު ތެރެއިން ފެނުނު ހަށިގަނޑު ނަގައިފިއެވެ. 

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ. ޖެޓްގެ ތެރެއިން ނެގި ހަށިގަނޑަކީ ކުޅުންތެރިޔާ ނޫނީ ޕައިލެޓްގެ ހަށިގަނޑު ކަމެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އާއިލާތަކަށް ބަރާބަރަށް މައުލޫމާތު ހިއްސާކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އަންގާރަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައެވެ.

މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އޭއޭއައިބީ ނަމަކަށް ކިޔުން ކުންފުންޏަކުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރިމޯޓުގެ ޒަރިއްޔާ އިން ކޮންޓްރޯލް ކުރާ އާރްއޯވީ ބޭންނުންކޮށް ގެންނެވެ. 

ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ހަރަދު ކުރުމަށް އޭނާގެ އެޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސް ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ވަނީ އެޓީމަށް ކުޅުނު 130 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި