Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 11:05
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ
މަޖިލިސް
ރިޔާސީ ބަޔާން
މި އަހަރު އިތުރު ގިނަ ފްލެޓްތައް އަޅާނަން، ބޯހިޔާވެހިކަމުގެ އަގު ހެޔޮ ކުރާނަން: ރައީސް
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދޭނެ

ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓާއި، އަތޮޅު ތެރޭގައި އިތުރު 550 ހައުުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށައި، ބޯހިޔާވެހިކަމުގެ އަގު ހެޔޮކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދުމަށްޓަކައި ހައުސިން ނީޑް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން މި އަހަރު ފެށޭނެ ކަމަށާއި، އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިން ޔުނިޓްގެ މަސައްކަތް ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

އޭގެއިތުރުން މަސައްކަތް ފަށައި ނުނިމި ހުރި 1500 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަލުން ފަށާފައި ކަމަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މި އަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި މަތިން ޕޮއިންޓް ލިބި ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކީ ވެސް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ މައްސަލަތަކުގެ އިތުރުން ގެދޮރުވެރިކަމުގެ މަސްރޫއުގެ ކަންކަމާއި ގުޅީފަޅު މަޝްރޫއުގެ މައްސަލަ ވެސް މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމަށެވެ.

"ގެދޮރުވެރިކަމާއި ބޯހިޔާވަރިހިކަމާއި ގުޅޭ ދެ ގާނޫނެއްގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުން. އެއީ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލްތައް ބަޔާންކުރާ ޓެނެންސީ އެކްޓް އާއި އެއްމެދު އިމާރާތްތަކާބެހޭ އުސޫލްތައް ކަނޑައަޅައިދޭ ކޮންޑޮމީނިއަމް އެކްޓް."

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަިއ ހިނގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގައި ތޮއްޖެހުން ނައްތާލައި މާލޭއަކީ މާލޭގައި ދިރިއޫޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ، އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީގައި އުޅެވޭ ފަދަ ޖަޒީރާ މާހައުލަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް