ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 10:44
ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް.
ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް.
މަޖިލިސް
ރިޔާސީ ބަޔާން
ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި 200 މަޤާމް އަލަށް އިތުރު ކޮށްފި : ރައީސުލްޖުމްހުރިއްޔާ
 
އޮލިމްޕިކް ސައިޒްގެ ސުވިމިން ޕޫލެއް ހެދުމަށް މަސައްކަތް ކުރެވެމުންދަނީ
 
ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި 200 މަގާމު

ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި 200 މަގާމު ސިވިލް ސަރވިސް އޮނިގަނޑަށް އިތުރު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހަމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ދަރުބާރު ގޭގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 

ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތަކަށް ވާޞިލްވެވޭނެ އެންމެ މުހިއްމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން ކަމަށެވެ. 

ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުވުމަށްޓަކައި، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން، މިހާރުވަނީ 200 މަގާމު އަލަށް ސިވިލް ސަރވިސްގެ އޮނިގަނޑަށް އިތުރު ކުރެވިފައެވެ.

ކުޅިވަރުތައް ތަރައްޤީކޮށް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާ ކުރުމަކީ މުހިއްމުކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ގައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސްލައްކަ ރުފިޔާ ދިނުމަށް ނިންމައި، މިހާރުވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވެންސް އެއްހަމަކޮށް ، ހުރިހާ ކުޅިވަރު ކުޅުންތެރިންނަށް ވެސް، އެލަވެންސް ދޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިން ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. 18 މިލިއަން ރުފިޔާއިން ހަދާ މި ސުވިމިން ޕޫލްގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެެވެ. 

މި އީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާންތަކުން، ރަންވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށާއި، އަތޮޅުތެރޭގައި ދިރިއުޅޭ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ