ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 10:09
ވުމަންސް ފުޓްބޯލް ކްލަބް އިފްތިތާހް ކުރުމުގެ ތެރެއިން
ވުމަންސް ފުޓްބޯލް ކްލަބް އިފްތިތާހް ކުރުމުގެ ތެރެއިން
މިއުނާ ހަސަން
ދިވެހި އަންހެން ފުޓްބޯޅަ
ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އީވާ
 
އަންހެނުންނަށް ހާއްސަ ކުރެވިގެން މުބާރާތްތައް ރޭވިގެން ދާނެ
 
" ދި ވުމަންސް ފުޓްބޯލް ކްލަބް " އިފްތިތާހް ކުރުން

ފުޓުބޯޅައިން އަންހެން ކަނބަލުން ކުރިއެރުވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރގައި " ދި ވުމަންސް ފުޓްބޯލް ކްލަބް " އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައެވެ.

ވުމަންސް ފުޓްބޯލް ކްލަބަކީ ރާއްޖޭގައި އަންހެން  ފުޓުބޯޅަ ކުރިއެރުވުމުގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމުގެ މަޤުސަދުގައި އުފެއްދި ކްލަބެކެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އީވާ އިތުރަށް ވިދާޅުވީ، ފުޓުބޯޅައަކީ ވެސް ސިޔާސީ އެއްޗެއް ކަމަށެވެ. ސަބަބަކަށް ވަނީ، އަންހެނުންނަށް ބަޖެޓު ލިބޭނީ ސިޔާސަތުތައް ބަދަލުވެގެން ކަމަށާއި، އަދި ސްކޫލް ތަކުގައި އަންހެން ކުދިންނަށް ފުޓްބޯޅަ ކުޅެން ފުރުސަތު ލިބުމާއި، އަންހެނުންނަށް ދަނޑުތައް ލިބޭނީވެސް ސިޔާސަތުތައް ބަދަލުވެގެން ކަމުގައި ވާތީ ކަމަށެވެ.

މެންބަރު އީވާ ވިދާޅުވީ، އުފެދިންގެން މިދިޔަ ކްލަބަކީ ފުޓްބޯޅަ ކުޅެން ބޭނުންވެ އެކި ސަބަބުތަކާއި ހުރެ ފުޓްބޯޅައަށް ނުނިކުމެވިފައި ތިބި އަންހެން ކަނބަލުންނަށް އެހީތެރިވެދޭ ކްލަބަކަށް ވުމެންސް ފުޓްބޯލް ކްލަބް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަރިޔަމް މުހައްމަދު( މާޔަން)

ހަފްލާ ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި ކުރީގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ބުނީ، ކްލަބުގެ މައިގަނޑު މގްސަދަކީ އެކި ގޮތްގޮތުން ފުޓްބޯޅައާއި ގުޅިފައިތިބި އަންހެނުން އެއް ޕްލެޓް ފޯމެއްގައި ބޭތިއްބުމާއި، ރާއްޖޭގްއި ވީހާވެސްގިނަ އަންހެން ކުޅުންތެރިން އުފައްދާ އެ ކުޅުންތެރިންނަށް ގައުމީ ފެންވަރެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ވުމަންސް ލީގެއް ބޭވިގެން ދާނެ ކަމަށާއި، އެ ނޫން ވެސް އަންހެނުންނަށް ހާއްސަ ކުރެވިގެން މުބާރާތްތައް ރޭވިގެން ދާނެ ކަމަށް ވެސް މާޔަން ބުންޏެވެ. މީގެ އިތުރުންވެސް މާޔަން ބުނީ، ފުޓްބޯޅަ ކްލަބްތަކުގައި އަންހެން ފުޓްބޯޅަ އުފެއްދުމަށް ބާރު އަޅާނެ ކަމަށެވެ.

މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި