ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 09:34
ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން
ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން
ގެޓީ އިމޭޖަސް
ވިލިއަންގެ ޓްރާންސްފާ
ޕީއެސްޖީން ވިލިއަންއަށް ފާރަލަނީ
 
ވިލިއަންގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަންއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާއިން ބުނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން ގިނަ ކުޅުންތެރިންނަށް ފާރަލަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަންވެސް ހިމެނޭ ކަމަށެވެ.

ޕީއެސްޖީން ވަނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައިވެސް ވިލިއަން ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޖެނުއަރީ ޓްރާންސްފާ ބާޒާރު ބަންދުވިއިރުވެސް ޕީއެސްޖީއަށް ވިލިއަން ހޯދޭގޮތް ވަނީ ނުވެފައެވެ.

ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލިއަން ބުނީ، އާ އެއްބަސްވުމެއްގައި ސޮއިކުރަން ކްލަބުން ބޭނުންވާކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އާ އެއްބަސްވުމެއް އޭނާ ބޭނުންވާ ކަމަށެވެ.

ކުރިމަގު އޮތީ ޗެލްސީއާ އެކު ފާހަގަކުރަމުން ވިލިއަން ބުނީ، ޗެލްސީގައި ހޭދަކުރި ފަސް އަހަރާ ބައިގެ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ކްލަބާ އެކު ހޯދިފައިވާ ކަމަށާއި، ކްލަބުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ޗެލްސީގައި މަޑުކުރާނެ ކަމަށް ވިލިއަން ބުނެފައިވާއިރު، އޭނާ ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިޔަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 273 މެޗުގައި 51 ލަނޑު ކާމިޔާބުކޮށްފައެވެ.

ވިލިއަން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ފުޓުބޯޅަ ލީގު ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 64 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ވިލިއަން ވަނީ 2007 ވަނަ އަހަރު ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ސައުތު އެމެރިކަން ޔޫތު ފުޓުބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ