ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 09:14
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އެވަޓަން ބަލިކޮށް ސިޓީ އެއްވަނައަށް ޖެހިލައިފި
 
ސިޓީ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުން އެއް މެޗު އިތުރަށް ކުޅެގެން

ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެވަޓަންއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން އެޓީމުން ވަނީ އެވަޓަންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ.

މި ހާފްގައި އެވަޓަންގެ ފަރާތުން މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާއިރު، ސިޓީން ދިޔައީ ފުލުފުލުގައި އެވަޓަންގެ ގޯލަށް ނުރައްކާކުރަމުންނެވެ.  އެގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު ލަޕޯޓޭ ކާމިޔާބުކުރި ލަނޑުން ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ.  

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި އެވަޓަންގެ ގޯލަށް ނުރައްކާކޮށް، ހަމަލާ އުފައްދަމުންނެވެ.

މި ހާފްގައިވެސް އެވަޓަންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއްވެސް އެޓީމަށް ލިބިފައެއް ނުވެއެވެ.  ސިޓީން މެޗުގެ ލީޑު ފުޅާކުރީ އިތުރުވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސަސްއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 26 މެޗުން ލިބުނު 62 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ސީޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެން އަދި އެއް އަދަދަށް ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތް ނަމަވެސް ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މެޗުން ބަލިވި އެވަޓަން އޮތީ ކުޅުނު 26 މެޗުން ލިބުނު 33 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް