Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 07:18
ހދ.ކުޅުދުއްފުށި
ހދ.ކުޅުދުއްފުށި
ގޫގުލް
ވައްކަން ކުރުން
ކުޅުދުއްފުށި ފިހާރައަކުން ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 36 އަހަރުގެ މީހެއް
ފޭރުނީ ކިހައި އަދަދެއްގެ ފައިސާއެއް އަދި ހާމައެއް ނުކުރޭ

ހދ.ކުޅުދުއްފުށި ފިހާރައަކަށް ވަދެ، ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ވަޅިއަކުން ބިރު ދައްކައިގެން ފައިސާ ފޭރިގަތް މައްސަލައެއް ބުދަ ދުވަހުގެ ރޭ 21:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.  

ފުލުހުން ބުނީ، އެމައްސަލައިގައި 36 އަހަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފޭރުނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިފަހަކަށް އައިސް އަތޮޅުތެރޭގެ ރަށްރަށުން ވައްކަމާއި، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް