Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 08:56
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ގޫގުލް
ރައީސް ޔާމީން
އެއް މިލިއަން ޑޮލަރަކީ ހިޔާނާތުގެ ފައިސާ ކަމަށް ނުނިންމާ: ވަކީލުން
ގާނޫނު ހުރިހާ ފަރާތަކަށް ވެސް އެއް ހަމައަކުން ތަންފީޒު ކުރަންޖެހޭ
އެސްއޯއެފްއަކީ އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއް
ޔާމީނަށް ދައުވާކުރަން ފޮނުވީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

މަނީ ލޯންޑަރ ކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ބުދަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަދި އެނޫން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޔާމީން ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ނުވަތަ ދައުލަތުގެ ފައިސާ ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.  

ބަޔާނުގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔާމީން ބައިވެރިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބަހައްޓަން ނިންމި ނިންމުމަކީ ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

މިއަދާ ހަމައަށް ވެސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އޭސީސީން ކަނޑައަޅާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

ވަކީލުންގެ މިބަޔާނުގައި ބުނީ އެސްއޯއެފްއަކީ ރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ ވިޔަފާރި މުއާމަލާތް ހިންގާފައިވާ އެހެން އެތައް ކުންފުންޏެއް އަދި އެތައް ބަޔަކު ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން ޔާމީން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގައި ދައުވާ އުފުލާފައިނުވާ ކަމަށެވެ.

"ކަންމިހެން އޮތްއިރު އަޅުގަނޑުމެންގެ މުވައްކިލު އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރުމަށް ޕޮލިސްއަށް ފޮނުވާފައިވާ މައްސަލާގައި އެފަރާތުން ހާމަކުރައްވާފައިވާ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތަކީ ކަމާގުޅުން ހުރި އިދާރާއަކުން ހިންގާފައިވާ ތަހުގީގުތަކުން ސާބިތުވެފައި އެއްވެސް ހަގީގަތެއްގެ މައްޗަށް  ލިޔެފައިވާ އިބާރާތެއް ނޫނެވެ." ބަޔާނުގައި ބުނެފަވެއެވެ.

ގާނޫނަކީ ހުރިހާ ފަރާތަކަށް ވެސް އެއް ހަމައަކުން ތަންފީޒު ކުރަންޖެހޭ އެއްޗެއް ކަމަށާއި، ގާނޫނު އަސާސީގައި ބަޔާންކުރާ ދުސްތޫރީ ހައްގުތައް ދިނުމާއި، އިދާރީ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަމަށް ރިޔާއަތްކޮށް، ޔާމީނަށް ޓާގެޓްކޮށް ހަމައެކަނި އެފަރާތުގެ މައްޗަށް ގާނޫނު ތަންފީޒު ކުރަން އުޅުމަކީ ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ހަމަހަމަކަމާއި، ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަކީލުންގެ މިބަޔާނުގައި ބުނީ ޔާމީންގެ މައްޗައް ދައުވާކުރަން ފޮނުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ގާނޫނު ތަންފީޒު ކުރުމާއި، ގާނޫނުގެ ހުކޫމަތް ދެމެހެއްޓުމުގައި ވަކި ފަރާތަކަށް ޓާގެޓް ކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި، ދުސްތޫރުގައި ބަޔާން ކޮށްފައިވާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއްސަސާތަކާއި، މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ފެބްރުއަރީ 2019 | ބުރާސްފަތި 05:18
ސަޒަން
ބަލަ ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ވައްކަމާއި ރިޝްވަތާ ބާރާނުފޫޒްގެ ބޭނުންކޮށް ތިމާވަރުގެމީހަކުނެތިގެން އުޅެފައި ދެންޖެހޭތަ އެއީ ހިޔާނާތުގެ ފައިސާއޭ ނުވަތަ ގާނޫނާހިލާފޭ ބުނެ ރަޖިސްޓްރީވެސްކުރަން....... މީދެން މިގައުމަށް ޖެހިފައި އޮތް ވަބާއެއްނޫންތަ؟
7 ފެބްރުއަރީ 2019 | ބުރާސްފަތި 04:35
އައިސް
އަހަރެމެންގެ ރަށްފުށަށް ކޮށް ދެއްވި ތަރައްގީ އަށް ,,ޓަކާ ރޔއަށް ސެލއުޓް ކުރަން ދުވާ ކޮމެޓީ ލާދީނީ ބޭނުމެއް ނެތް ....މިދަނީ މެނޭޖް ނުކުރެވި ފުރާނަތައް ގެއްލި ގައުމު ހަލާކު ވަމުން....ހިންގަން ނޭގިގެން...ރޭޕިސްތާނު ސަރުކާރުގެ ދަށަށް ދިވެހި ރާއްޖެ....ދަނީ