Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 01:19
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ ބަޖެޓް
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ޔޫއޭއީއިން 50 މިލިއަން ޑޮލަރު ދޭން ނިންމައިފި
މިލޯނުގެ އެހީ ދެނީ ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް
އިންޓްރެސްޓް ރޭޓް ކުޑަވާނެ

ބަޖެޓް ސަޕޯޓަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، ބަޖެޓު ސަޕޯޓަށް ޔޫއޭއީން ލޯން އެހީދޭން ނިންމާފައިވަނީ ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށާއި، މިލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަވާނެ ކަމަށެވެ. އަދި އޮފިޝަލް ވިދާޅުވީ، ލޯނު ދީފައިވަނީ ތިން ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަޖެޓް ސަޕޯޓަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާނެ މުއްދަތެއް ނިންމާނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި، މިމަޝްވަރާތަކަށްފަހު ދެގައުމަށް ވެސް ފަސޭހަ، ބުރައަކަށް ނުވާނެގޮތަކަށް އެކަން ނިންމާނެ ކަމަށެވެ.

ބަޖެޓް ސަޕޯޓަށް ޔޫއޭއީއިން ރާއްޖެއަށް ލޯނު އެހީ ދޭން ނިންމާފައިވާއިރު، މިދިޔަ މަހު 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ ޔޫއޭއީއަށް ވަޑައިގެންފައެވެ. ރައީސްގެ މިދަތުރުފުޅުގައި ރާއްޖެއާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން ޔޫއޭއީއިން އެހީވެދޭން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް