Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 19:04
ރައީސް ސޯލިހު ހުވާކުރެއްވި ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް ސޯލިހު ހުވާކުރެއްވި ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ ބަޔާން އިއްވުން
ރިޔާސީބާޔާން އިއްވަން މާދަމާ ސަރުކާރު ބަންދު!
މަދަމާއަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުކުރިތާ ހަތް އަހަރު ފުރޭ ދުވަސް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔަސީ ބަޔާން މާދަމާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާ އިރު މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވާނީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައެވެ. ރިޔާސީ ބަޔާން އިއްވަވަން ދަރުބާރުގޭގައި ބާއްވާ ޖަލްސާ ފެށޭނީ ހެނދުނު 10:00 ގައެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. 

މާދަމާއަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުކޮށްލިތާ ހަތް އަހަރުފުރޭ ދުވަހެވެ. އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ 7 ވަނަ ދުވަހު ބަދަލުވެގެން ދިޔައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކަށް ފަހު ފުލުހުންނާއި ސިފައިންގެ ބަޔަކު މަގުތަކަށް ނުކުމެ ގައުމުގެ ހަމަޖެހުން ނަގާލުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކާއި ވެރިކަން ބަދަލުކުރުމަށް ދިން އިންޒާރުތަކާ ގުޅީގެން ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް