Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 16:42
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކަޕްޓަރ
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކަޕްޓަރ
އެމްއެންޑީއެފް
އެމްއެންޑީއެފް
ހެލިކޮޕްޓަރަށް ދަނީ ދިވެހި ޕައިލެޓުން ތަމްރީނުކުރަމުން: އެމްއެންޑީއެފް
އެއާރ އެސެޓްސް ހަދިޔާކުރުމާ ބެހޭ ގޮތުން ދެ ގައުމަކާ އެކު ވަނީ މަޝްވަރާކޮށްފައި

ދިވެހިރާއްޖޭގައި އެމްއެންޑީއެފުން ބޭނުންކުރަމުންގެންދާ ދެ ހެލިކަޕްޓަރަށް ޕައިލެޓުން ތަމްރީންކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނެފައި ވަނީ ޑީކޯއިވެގެން މީހުން ގެނައުމުގެ އިތުރުން މީހުން ގެއްލިގެން ވެސް ހެލިކަޕްޓަރ ވަރަށް ގިނައިން ބޭނުން ކުރަމުން ގެންދާ ކަމަށާއި އެމެޖެންސީ އިވެކުއޭޝަންސްތަކުގައި ރައްޔިތުންނަށް ހެލިކަޕްޓަރގެ ބޭނުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެ ކުރިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވަނީ ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނުކުރަން އިންޑިއާގައި އެކަމަށް އެދޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޕައިލެޓުން އޮޕަރޭޓުކުރުމަށް ޓްރެއިން ކުރުމަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ ޕައިލެޓުންނަށް ކޮމާރޝަލް އެއާރަލައިންތަކުން ދޭ ވަރަށް މުސާރަ ނުދެވުމުގެ ސަބަބުން ރިޓެއިން ނުކުރެވި ކެނޑިގެންދިޔުމުން ކަމަށް ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން އެއާރ އެސެޓްސް ހަދިޔާކުރުމުގެ މަޝްވަރާތަކެއް ދެ ގަމަކާ އެކު ކުރިއަށް ދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. 

ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނުނުކޮށް، ސީދާ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ މިހާރު ވެސް އޮޕަރޭޝަންތައް ކުރިއަށް ދަނީ އެމްއެންޑީއެފްގެ ސީދާ ކޮމާންޑްގެ ދަށުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް