Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 12:36
ހައްޔަރު ކުރި ބިދޭސީން ވެހިކަލަށް އަރުވައިގެން ގެންދަނީ
ހައްޔަރު ކުރި ބިދޭސީން ވެހިކަލަށް އަރުވައިގެން ގެންދަނީ
ޓްވިޓަރ
އިމިގްރޭޝަން
އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ގަވައިދާއި ޚިލާފަށް އުޅޭ 80 ބިދޭސީން ހައްޔަރު ކޮށްފި
80 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތުން

އާންމުންގެ ޝަކުވާއާއި ގުޅިގެން އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ގަވައިދާއި ޚިލާފަށް އުޅޭ 80 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. 

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ހިނގާބިގާވެ އުޅުމަށް ދަތިވާތީ އެކަމަށް އާންމު ރައްޔިތުންގެ ޝަކުވާ  ލިބެމުންދިއުމުން އެ މުއައްސަސާއިން ހައްޔަރު ކުރި 80 މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި އައިޑެންޓިޓީ ކަށަވަރު ނުވާ މީހުން ކަމަށެވެ. އެ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ހައްޔަރުކުރި ބިދޭސީން މިވަގުތު ތިބީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. 

" އާންމު ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން އިމިގްރޭޝަނުން ހިންގި ޚާއްސަ ޕްރޮގްރާމެއް އެއީ އެއްދުވަހުގެ މުއްދަތަށް. މިއަދު 80 ބިދޭސީން ވަނީ ހައްޔަރު ކުރެވިފައި." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 1،44,607 ބިދޭސީން އުޅެއެވެ. އޭގެތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް  "ސްޓިންގް ރޭ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. 

އެ ޕްރޮގްރާމުގައި މިހާރު ކުރިއަށް ގެންދަނީ މީހުން "އެވެއަރ" ކުރުމުގެ މަސައްކަތެވެ. އެއަށް ފަހު ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރާނެ ކަމަށް އެ ޑިޕާޓްމަންޓުން އިއުލާންކުރި ފަހުން ދުވާލަކު ގާޓްގަނޑަކަށް 60 ވަރަކަށް ބިދޭސީން  އަމިއްލައަށް ފުރައިގެން ދިއުމަށް އެ ޑިޕާޓްމަންޓަށް އަންނަ ކަމަށް މައުލޫމާތުލިބެއެވެ. 

ރާއްޖެއިން ޑީޕޯޓް ކުރެވިފައިވާ ބިދޭސީންގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު  ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވިގެން 112 މީހުން ޑީޕޯޓްކޮށްފައިވާ ކަމާއި ސިއްހީ މައްސަލަތަކުގައި 513 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.  އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 80 ބިދޭސީންގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރު ވަޒީފާ ގެއްލިގެން ފިލާފައިވާ ބިދޭސީންގެ އަދަދު 2734 މީހުންނަށް އަރާއިރު އެއީ އެވަރެޖްކޮށް 221 ބިދޭސީންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 ފެބްރުއަރީ 2019 | ބުދަ 08:26
slavery
end to human trafficking and slavery