Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 11:03
މިފްކޯ މަސްފިހާރަ
މިފްކޯ މަސްފިހާރަ
މުހައްމަދު ޝަރުހާން
ވައްކަން ކުރުން
މިފްކޯގެ މަސްފިހާރަޔާއި ހެޑް އޮފީސް ފަޅާލައިފި
ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:58 ގައި

މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ( މިފްކޯ ) ގެ މަސްފިހާރަޔާއި ހެޑް އޮފީސް ފަޅާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ މިކަމުގެ މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 7:58 ގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ ފިހާރަ ފަޅާލައިފައިވަނީ ބިއްލޫރިގަނޑު ތަޅައިލައިގެންނެވެ . އަދި ހެޑް އޮފީހަށް ވަދެފައިވަނީ ކުޑަދޮރެއް ފަޅާލައިގެންނެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް