Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 10:32
މާލެއަށް މީގެކުރިން ކުރި ވިއްސާރައިގެ ތެރެއިން
މާލެއަށް މީގެކުރިން ކުރި ވިއްސާރައިގެ ތެރެއިން
މުހައްމަދު ޝަރުހާން
މެޓް އޮފީސް
މާލެ އަތޮޅާއި މ.އަތޮޅަށް މޫސުން ގޯސްވާނެ : މެޓް އޮފީސް
ވައިޓް އެލާޓް ނެރެފައިވަނީ، ބުދަ ދުވަހުގެ ހެނދުނު 10:15 އިން ހަވީރު 16:00 އަށް

މާލެ އަތޮޅާއި މ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބޭހޭ ގައުމީ އިދާރާ އިން ބުނީ، މި ސަރަހައްދަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހުމުގެ އިތުރުން ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މާލެ އަތޮޅާއި މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ، ބުދަ ދުވަހުގެ ހެނދުނު 10:15 އިން ހަވީރު 16:00 އާއި ހަމައަށެވެ.

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް