Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 10:25
އެމްޑީޕީން ފޯމް ހުށައަޅަން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން
އެމްޑީޕީން ފޯމް ހުށައަޅަން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
އެމްޑީޕީގެ ފޯމު ހުށައެޅުން، ކުލަގަދަ ރަސްމިއްޔާތަކާއި އެކު ފަށައިފި
ފޯމްތައް ހުށަހެޅުމަށް ކެނޑިޑޭޓުން ދިއުމަށް ހަމަޖެހިފައިވަނީ ހިނގާފައި
ފޯމް ހުށައެޅުން އޮންނާނީ ބާޖަމަލުއްދީން ހޯލްގައި

ކުރިޔަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތަކުގެ ފޯމް ހުށައެޅުން، ކުލަގަދަ ރަސްމިއްޔާތަކާއި އެކު ފަށައިފިއެވެ.

ބުދަ ދުވަހު ހެނދުނު 09:30ގައި އެމްޑީޕީގެ އޮފީސް ކުރިމަތިން ފެށި ހަރަކާތުގައި، ފޯމްތައް ހުށަހެޅުމަށް ކެނޑިޑޭޓުން ވަޑައިގަންނަވަނީ ހިންގަވާފައެވެ. ފޯމް ހުށައެޅުން އޮންނާނީ ބާޖަމަލުއްދީން ހޯލްގައެވެ. ކެންޑިޑޭޓުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަންނަވާނީ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާއެވެ.

އެމްޑީޕީގެ ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބެވި އިރު، އޭގެ ފަހަތުގައި ތިއްބެވީ 86 ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނައި ސަޕޯޓަރުންނެވެ. ކޮންމެ ކެންޑިޑޭޓެއް ވެސް ހުންނެވީ އެ ބޭފުޅެއްގެ ނަން ލިޔެފައިވާ ބެނާއެއްގެ ފަހަތުގަ އެވެ. 

އޭޕްރީލް 6 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެންހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ އަދާލަތު ޕާޓީ އަށް ފަސް ގޮނޑި ދިނުމާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. އެ ފަސް ދާއިރާގެ ޕްރައިމަރީ ކާމިޔަބު ކުރެއްވި ފަރާތްތަކާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގާރަ ދުވަހުގެރޭ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުން ނިމިގެން ދިޔައީ ވަކި ގޮތެއް ނުނިމިއެވެ. އެހެން ނަމަވެސް ގިނަ ފަރާތްތަކުން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް