Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 11:00
ވުނަވިޔަ ޕޯޓަލް އަދި ވިޔަވެރި ޑައިރެކްޓަރީ އިފްތިތާހު ކޮށްދެއްވަނީ
ވުނަވިޔަ ޕޯޓަލް އަދި ވިޔަވެރި ޑައިރެކްޓަރީ އިފްތިތާހު ކޮށްދެއްވަނީ
މުހައްމަދު ޝަރުހާން
އޮޑިޓް އޮފީސް
ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތައް ފެންނާނެ ގޮތަށް ވެބްސައިޓެއް ގާއިމް ކޮށްފި
ވެބްސއިޓް އިފްތިތާހު ކޮށްފައިވަނީ މިއަދު

ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތައް ފެންނާނެ ގޮތަށް ވުނަވިޔަ ޕޯޓަލް އަދި ވިޔަވެރި ޑައިރެކްޓަރީ ގެ ނަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވެބްސައިޓެއް ގާއިމް ކޮށްފިއެވެ.

އޮޑިޓްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ އޯޕަން ޕޮލިސީއަކީ މިސަރުކާރުގެ އެއް ސިޔާސަތު ކަމަށާއި ކުރީ ސަރުކާރުތަކުން ނުކުރާ ވަރަށް ގިނަ ކަންތައްތަކެއް މިސަރުކާރުން ކުރަމުން ދާކަމަށެވެ.

"މީގެ ކުރީ ސަރުކާރުތަކުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސިއްރު ހިފެހެއްޓި އޭގެ ވަރަށް ގިނަ އުނދަގޫތަކާ ދިމާވިތަން. ބޭރުގެ ފަރާތްތަކާއި މުއާމަލާތް ކުރުމުގަޔާއި ރައްޔިތުންގެ ތެރޭގައި އުފެދޭ ނުތަނަވަސް ކަމަކީ ވެސް އޯޕަންކޮށް ރައްޔިތުންނަށް ދޭންޖެހޭ އަސްލު ދޭންޖެހޭ މައުލޫމާތު ނުދެވުމުން ކަމަށް އަޅުގަނޑު ގަބޫލުކުރަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރު ހިންގާ ކުންފުނިތައް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި ބޮޑެތި ކޮރަޕްޝަން ފެނިގެން ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ  އޮޑިޓް ރިޕޯޓްތައް ފެންނާނެ ގޮތަށް ވުނަވިޔަ ޕޯޓަލް އަދި ވިޔަވެރި ޑައިރެކްޓަރީ ގެ ނަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެށި މަސައްކަތަކީ  އޮޑިޓް އޮފީހުން ކުރި މުހިއްމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެއޮފީހުގެ އަމާޒަކީ ދައުލަތް ހިންގުމާއި ގުޅުން ހުރި މައުލޫމާތު ހިމެނޭ އިތުބާރު ހުރި މުއައްސަސާއަކަށް އެ އޮފީސް ވުން ކަމަށެވެ.

ވުނަވިޔަ ޕޯޓަލް އަދި ވިޔަވެރި ޑައިރެކްޓަރީ އަކީ މޯލްޑިވްސް އެކައުންޓެންޓް ފޯރަމްގެ ތެރެއިން އުފަންވި ފޯރަމެއް ކަމަށެވެ.

"މި ޑައިރެކްޓަރީ އިފްތިތާހު ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. މި ޑައިރެކްޓަރީ މެދުވެރިކޮށް ރާއްޖޭގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް އެއްތަން ކުރުމަކީ އަޅުގަނޑުމެންގެ އުއްމީދު." ޒިޔަތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް