Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 09:01
މާބަނޑު އަންހެނެއް
މާބަނޑު އަންހެނެއް
މުހައްމަދު ޝަރުހާން
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް
ގްރޭޓަރ މާލޭ މުވައްޒަފުންނަށް ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީ ދޭން ނިންމައިފި
މައިމީހާއަށް 6 މަސްދުވަހުގެ ޗުއްޓީ އަދި ބައްޕައަށް 1 މަހުގެ މުސާރަޔާއެކު ޗުއްޓީ ދިނުމަށް ވަނީ ނިންމައިފަ

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނުގެ މުވައްޒަފުންނަށް ވިހެއުމުން 6 މަސްދުވަހުގެ ޗުއްޓީ ދޭން ނިންމައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނުގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވި ވައުދާ އެއްގޮތަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މުވައްޒިފުންނަށް ވިހެއުމާއި ގުޅިގެން މައިމީހާއަށް 6 މަސްދުވަހުގެ ޗުއްޓީ އަދި ބައްޕައަށް 1 މަހުގެ މުސާރަޔާއެކު ޗުއްޓީ ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

 ރައީސް ސޯލިހު ވަނީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ދޭ ގޮތަށް ހަމަޖެއްސުވުމަށް ވައުދުވެވަޑައިގެންފައެވެ. މިއީ ސަރުކާުގެ ކުންފުނިތަކުގެ ތެރެއިން މިގޮތަށް ޗުއްޓީ ދޭން ނިންމި ފުރަތަމަ ކުންފުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 ފެބްރުއަރީ 2019 | ބުދަ 16:51
ރާއްޖެ ތެރޭ މީހާ
ދެން ކޮބާ ޕުއާރ ރާއްޖެ ތެރެ ކަލޭމެން ޖަޒީރާ ރާއްޖެ އޭކިޔައިގެން ރައްޔިތުން ނަށް ދަޅަ ދައްކައިގެން މާލެ ގްރޭޓާރ ކުރީމަ ނިމުނީތަ.... މުޅިންވެސް ތަފާތު ކުރުން