Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 22:11
ފުލުހުން ހޯދާ ބިދޭސީ މީހާ
ފުލުހުން ހޯދާ ބިދޭސީ މީހާ
ޕޮލިސް
ންސީ ގޯނާކުރި މައްސަލަ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަނީ
ދާދިފަހުން ވަނީ މާލޭގެ ބުކްޝޮޕެއްގެ ތެރޭގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަ ކޮށްފަ

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީގު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ނޯޔަން ނަމަކަށް ކިޔާ އެ މީހާ ހޯދަނީ ސ. ހިތަދޫ ފުލުހުންގެ މަރުކަޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންކަމުން ފޮޓޯގައިވާ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ނޯޔަން (ޕާސްޕޯރޓް ނަމްބަރ 0308415 އޭބީ) އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ދާދިފަހުން ވަނީ މާލޭގެ ބުކްޝޮޕެއްގެ ތެރޭގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަ ކޮށްފައެވެ. އެހާދިސާ ހިނގި ކުއްޖާގެ މަންމައާއި އެކު އެ ބުކްޝޮޕްގައި ހުއްޓައެވެ. "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން އެ އަންހެން ކުއްޖާގެ މަންމަ ބުނީ، އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:45 ހާއިރު ހެންވޭރުގައި ހުންނަ ބުކްޝޮޕެއްގެ ތެރޭގައި ކަމަށާއި، ދަރިފުޅަށް ޖިންސީ ގޯނާ ކުރީ އޭނާ ކައިރީގައި ހުއްޓާ ކަމަށެވެ.

މި މައްސަލަ ޖެންޑާއަށާއި ފުލުހުންނަށް މިހާރު ވަނީ ހުށައަޅާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް