Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 19:29
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މަހިންދަ ރާޖަޕަކްސަ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މަހިންދަ ރާޖަޕަކްސަ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޓްވިޓަރ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސްއާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި
ރައީސް ސޯލިހާ އެކު ރާޖަޕަކްސަ މަޝްވަރާކުރެއްވީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހާ އެކު ރާޖަޕަކްސަ މަޝްވަރާކުރެއްވީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ އިތުރުން، ލަންކާއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ. އަދި ރާޖަޕަކްސް ނިސްބަތްވާ ސްރީލަންކާ ޕީޕަލްސް ފްރަންޓްގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހުއާއި އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރާޖަޕަކްސަ ވަނީ، އެ މަނިކުފާނުގެ ޒަމާންވީ ރައްޓިއްސެއްގެ ގޮތުގައި ރައީސް ސޯލިހު ސިފަކުރެއްވުމަށް ފަހު، ބައްދަލުކުރެއްވުނީތީ އުފާ ފާޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަށް ޝަރަފުވެރިކޮށްދެއްވުމަށް ފަހު، ރައީސް ސޯލިހު އަނބުރާ މާލެއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް