Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 13:55
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
ލޭބަރ ޕާޓީން މަޖިލީހުގެ 11 ދާއިރާއަކަށް ވާދަކުރުމަށް ނިންމައިފި
އިތުރު ދާއިރާތަކުން ވާދަކުރަން ބޭނުންވާ ބައެއް ފަރާތްތަކާ ދަނީ މަޝްވަރާ ކުރަމުން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 11 ދާއިރާއަކުން ވާދަކުރުމަށް ނިންމައިފިއެވެ.

އެ ޕާޓީން ބުނީ 11 ދާއިރާއިން ވާދަކުރާ ފަރާތްތަކުގެ ނަންތައް ކައިރި މުސްތަގުބަލެއްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އިއުލާން ކުރާނެ ކަމަށެވެ. 

ލޭބަރ ޕާޓީން ވާދަކުރަން ނިންމާފައި ވަނީ:

  1. ހދ. ނޮޅިވަރަމް ދާއިރާ
  2. ށ. މިލަންދޫ ދާއިރާ
  3. ޅ. ހިންނަވަރު ދާއިރާ
  4. ބ. އޭދަފުށި ދާއިރާ
  5. އދ. މާމިގިލި ދާއިރާ
  6. ތ. ކިނބިދޫ ދާއިރާ
  7. ގއ. ދާންދޫ ދާއިރާ
  8. ސ. މީދޫ ދާއިރާ
  9. ވިލިމާލެ ދާއިރާ
  10. ހުޅުމާލެ ދާއިރާ
  11. ހެންވޭރު ދެކުނު ދާއިރާ

މީގެ އިތުރުން ލޭބަރ ޕާޓީން ބުނީ ލޭބަރ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް އެކަން އެޕާޓީއާ ހިއްސާ ކުރުމަށް އޮތް ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށާއި، އިތުރު ދާއިރާތަކުން ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީން ތަމްސީލްކުރުމަށް ފުރުސަތު ދިނުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށާއި، އެ ފަރާތްތަކާއި ލޭބަރ ޕާޓީއާ ދެމެދު އެފަދަ އިގުރާރެއްގައި ސޮއިކުރާނެ ކަމަށް ވެސް ލޭބަރ ޕާޓީން ވަނީ ބުނެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް