Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 12:54
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޓިވައުދެއްވަނީ
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޓިވައުދެއްވަނީ
މުހައްމަދު ޝަރުހާން
ރާޑަރުތައް
ރާއްޖޭގައި އިންޑިއާގެ ރާޑަރުތައް ހަރަކުރަން ފަށައިފި
އެންމެ ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ނެޓްވޯކަކުން ގުޅާލެވިފައިވާ 10 ރާޑަރު

ރާއްޖޭގައި އިންޑިއާއިން ހަރުކުރަން ނިންމާފައިވާ ރާޑަރުތައް ހަރުކުރަން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާއާ ގުޅިގެން ރާއްޖޭގައި ހަރު ކުރުމަށް ނިންމާފައިވާ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ރާޑަރ ބޭނުން ކޮށްގެން ކުރިއަށްވުރެ ހަރުދަނާ ސެކިއުރިޓި ނިޒާމެއް ޤާޢިމް ކުރުމާމެދު ވަނީ ވާހަކަ ދައްކާފައި ކަމަށެވެ.

ޝަމާލް ވިދާޅުވީ ގްރޭޓަރ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަކީ ދެ ޤަޢުމަށް ވެސް އެހާމެ މުހިއްމު ކަމެއް ކަމަށާއި ޤާނޫނާއި ޚިލާފަށް ހުއްދަ ނެތި މަސް ބޭނުމާއި، ގަނެވިއްކުމާއި ކަނޑުފޭރުން ފަދަ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހުރި ނުރައްކާތައް ހުއްޓުވުމަށް މިރާޑަރު ސިސްޓަމްގެ ބޭނުން މުހިންމު ކަމަށެވެ.

ޝަމާލް ވިދާޅުވެފައިވާ ގޮތުން ކޯސްޓަލް ރާޑަރ ސަރވެއިލެންސް ސިސްޓަމް ޤާއިމް ކުރުމާ މެދު އެންމެ ފުރަތަމަ މަޝްވަރާ ކުރެވިފައި ވަނީ މީގެ ދިހަ ބާރަ ވަރަކަށް އަހަރު ކުރިންނެވެ. އެކަމުގެ ފުރަތަމަ ފިޔަހަވި އޭރު ހިސާބަކަށް ނިމިފައިވާއިރު، ސަރވެއިލެންސް ސިސްޓަމެއްގެ މުހިއްމުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ފިޔަވަހީގެ ބާކީ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރެވުނުކަމަށެވެ.

ކޯސްޓަލް ރާޑަރ ސަރވެއިލެންސް ސިސްޓަމް ޤާއިމް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، އެންމެ ފުރަތަމަ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ނެޓްވޯކަކުން ގުޅާލެވިފައިވާ 10 ރާޑަރެވެ. އިންޑިއާއިން ދަނީ އިންޑޮނޭޝިޔާ، މިޔަންމާ އަދި ބަންގްލަދޭޝްއާއެކު ވެސް ރާޑަރު ބެހެއްޓުމަށް މަޝްވަރާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ފެބްރުއަރީ 2019 | އަންގާރަ 16:54
ހުއްދަނުދެނީ
ކީއްވެބާ އެމެރިކާގަ އިންޑިޔާ އަސްކަރިއްޔާއިން ރާޑަރ ބަހަށްޓަން ހުއްދަނުދެނީ