Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 11:16
އޮރުދުޣާން
އޮރުދުޣާން
އަލްޖަޒީރާ
އޮރުދުޣާން
ޚަޝޯގީގެ މައްސަލާގައި އެމެރިކާ ހިމޭނުން އޮންނަނީ ކީއްވެ ކަމެއް ނޭނގޭ: އޮރުދުޣާން
ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީއިން ޖަވާބުދާރީ ވުމަށް ވެސް އުރުދުޣާން  ވަނީ ޑިމާންޑްކުރައްވާފައި

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލާގައި  އެމެރިކާއިން ހިމޭނުން އޮންނަނީ ކީއްވެކަމެއް އެނގިނުލައްވާ ކަމަށް ތުރުކީގެ ރައީސް ރަޖެބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޓީ.އާރް.ޓީއިން އާންމު ކުރި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ  ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީއާއި ދެކޮޅަށް އެމެރިކާއިން ހަރުކަށި އުސޫލެއް ނުގެން ގުޅޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީއިން ޖަވާބުދާރީ ވުމަށް ވެސް އުރުދުޣާން  ވަނީ ޑިމާންޑް ކުރައްވާފައެވެ.  

" އަހަންނަކަށް ނުވިސްނޭ އެމެރިކާ ހިމޭނުން އޮންނަނީ ކީއްވެ ކަމެއް. އަހަރެމެން ބޭނުންވަނީ ހުރިހާކަމެއް ސާފުވާން. ޚަޝޯގީ މަރާލި މީހަކު ހުންނާނެ. އޭނާގެ ގާތިލަކީ އާދައިގެ މީހެއް ނޫން" އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ ޚަޝޯގީގެ މަރާއި ގުޅުން ހުރި އޯޑިއޯތައް ތުރުކީވިލާތުން އެމެރިކާގެ ޖާސޫސީ އިދާރާއާއި ހިއްސާކޮށްފައިވާއިރު ވެސް އެމެރިކާއިން މަޑުން އޮންނަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ސައުދީއާއި މެދު އެމެރިކާއިން ހަރުކަށި ފިޔަވަޅު ނާޅައި ހަމަހިމޭނުން އޮތީތީ އުރުދުޣާން ފާޑުވިދާޅުވެފައިވާއިރު ޚަޝޯގީގެ މަރުގެ މައްސަލަ ބެލި އދ.ގެ ޓީމުން ވަނީ އެޓީމުގެ ތަހުގީގަށް ސައުދީން އެކަށީގެންވާ އެއްބާރުލުން ދީފައި ނުވާ ކަމަށް ބުނެފައެވެ. އޭގެތެރޭގައި ތުރުކީގައި ހުންނަ ސައުދީގެ އިމާރާތަށް ވަނުމަށް ހުއްދަ ނުދިނުމާއި ޚަޝޯގީގެ މަރާއި ގުޅޭގޮތުން ކެލެމާޑަށް އިންޓަވިއު ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް