Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 07:44
ކެމްޕޭން ޓީމްތަކަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދާ ޕޮރްގްރާމްގެ ތެރެއިން
ކެމްޕޭން ޓީމްތަކަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދާ ޕޮރްގްރާމްގެ ތެރެއިން
މުހައްމަދު ޝަރުހާން
އެޖެންޑާ 19
ކެމްޕެއިން ތަމްރީން ޕްރޮގްރާމެއް އެމްޑީޕީން ފަށައިފި
އެމްޑީޕީން ، މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ބިލްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެވޭނެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކަށް އަމާޒުކޮށްގެން އެ ޕާޓީން ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފިއެވެ.  

ހޯމަ ދުވަހުގެ ރޭ ހިރިޔާ ސްކޫލު ހޯލްގައި ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ހާއްސަ ކޮށްފައިވަނީ މާލޭގެ ދާއިރާ ތަކަށެވެ.

މި ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރު ރާއްޖެ.އެމްވީ އަށް ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގައި 19 ވަނަ މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ބިލްތަކުގެ ތަފްސީލުތައް ދިނުމާއި، ވޯޓް ހޯދަން ދޮރުން ދޮރަށް ހިނގާއިރު ކަންތައް ކުރަން ޖެހޭ އުސޫލުތައް ދަސްކޮށްދެވޭނެ ކަމަށެވެ. 

މި ތަމްރީނުގެ ސަބަބުން ރައްޔިތުންނާ ހަމަޔަށް އެމްޑީޕީގެ ސިޔާސަތުތައް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 ''މިހާރު ކުރިޔަށް ދަނީ މާލޭގެ ކެނޑިޑޭޓުންނަށް 15 ދާއިރާގެ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކަށް. ދެން އޭގެ ފަހުން މާދަމާ (އަންގާރަ) ރެއާއި އަނެއް ރެއާއި އޮންނާނެ އަތޮޅު ތަކުގެ ކެމްޕޭން ޓީމްތަކަށް. އޭއީ މާލޭގައި ތިއްބަވާ ކެމްޕޭން ޓީމްތަކަށް. އޭގެ ފަހުގައި އަޅުގަނޑުމެން ހަމަ އަތޮޅުތަކަށް ދަތުރުކޮށް އަތޮޅުތަކުގެ ކެމްޕޭން ޓީމްތައް ވެސް ޓްރޭންކުރުން އޮންނާނެ،'' އާތިޔާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމް ނިމޭއިރު ބައިވެރިންނަށް ކެމްޕޭނު ކުރާނެ ގޮތާއި ކެމްޕޭނު ކުރާއިރު އަމަލު ކުރަންޖެހޭ އުސޫލު ތަކުގެ މައުލޫމާތު ލިބިފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

ގާނޫނުތަކަށް އެމްޑިީޕން ހުށައަޅާނެ އިސްލާހުތައް އިއުލާން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވާކްޝޮޕްގައެވެ. 

އޭޕްރީލް 6 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް