Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 23:05
ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި އިސްމާޢީލް ޒަބީޙު
ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި އިސްމާޢީލް ޒަބީޙު
މުހައްމަދު ޝަރުހާން
ްސްޓްޓޭ މިނިސްޓަރުން އައްޔަންކުުރުން
ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓްރީއަށް ދެ ނައިބަކު އައްޔަންކޮށްފި
ދެބޭފުޅުން އައްޔަންކޮށްފައި ވަނީ ހޯމަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ދެ ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.  

މިނިސްޓަރުގެ ނައިބްކަމަށް ޢައްޔަންކޮށްފައި ވަނީ ނ. ފޮއްދޫ އާޝީޔާ މަންޒިލް އިސްމާޢީލް ޒަބީޙު އާއި ގަލޮޅު މަންބަޢުގެ ޢާއިޝަތު ޝަފިނާއެވެ.މި ދެ ބޭފުޅުން އައްޔަން ކޮށްފައި ވަނީ ހޯމަދުވަހުއެވެ. 

މި ދެބޭފުޅުންގެ ތެރެއިން އިސްމާޢީލް ޒަބީޙަކީ މަންދު ކޮލެޖްގައި ލެކްޗަރަރގެ މަޤާމާއި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖިން ޑިރެކްޓަރުކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ. ޒަބީހު ވަނީ ވިލެޖް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި މާކެޓިން މެނޭޖަރުކަން ވެސް އަދާކޮށްފައެވެ. 

ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައިވާ އިސްމާޢީލް ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ސީނިއަރ ރިސަރޗް އޮފިސަރގެ މަޤާމްވެސް ފުރުއްވާފައެވެ.

ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓަރުންގެ ނައިބުގެ މަޤާމަށް އައްޔަންކޮށްފައިވާ ޢާއިޝަތު ޝަފިނާ އަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑެނިޔާ އިން ޕީ.އެޗް.ޑީ އިން ސޯޝިއޮލޮޖީ އަށް ކިޔަވާ ވިދާޅުވަމުންދާ ބޭފުޅެކެވެ. މީގެ ކުރިން ޝަފީނާ ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯ އިން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައެވެ. 

ޢާއިޝަތު ޝަފިނާ ވަނީ އެޑިއުކޭޝަން ފަސްޓް މޯލްޑިވްސްގައި ކޮންސަލްޓަންޓް/ ރީޖަނަލް މެނޭޖަރ ކަމާއި، މަންދުކޮލެޖްގައި ބިއުރޯ ޗީފްގެ މަޤާމުވެސް އަދާކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް