Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 20:21
ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދުގެ ބައްޕަ މުހައްމަދު ހުސެއިންފުޅު (ކުޑަދޮންބެ)
ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދުގެ ބައްޕަ މުހައްމަދު ހުސެއިންފުޅު (ކުޑަދޮންބެ)
ރާއްޖެއެމްވީ
ނިޔާވުން
ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު ހުޝާމްގެ ބައްޕަ ނިޔާވެއްޖެ
ކުޑަ ދޮންބެ ނިޔާވީ އުމުރުން 85 އަހަރުގައި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބޮޑުބޭބޭފުޅު

ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު ހުޝާމް މުހައްމަދުގެ ބައްޕަ މުހައްމަދު ހުސެއިންފުޅު ނިޔާވެއްޖެއެވެ.

ހުޝާމްގެ ބައްޕަ ނިޔާވީ ހޯމަ ދުވަހު މެންދުގެ ވަގުތެއްގައެވެ.

ޅ.ހިންނަވަރު، ހިރިގާ, މުހައްމަދު ހުސެއިންފުޅު (ކުޑަ ދޮންބެ) ނިޔާވީ އުމުރުން 85 އަހަރުގައެވެ. މަޣްރިބް ނަމާދަށް ފަހު އާސަހަރާގައި މިހާރު ވަނީ ވަޅުލާފައެވެ.

ހިންނަވަރު ކުޑަ ދޮންބެ ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ޒަމާނުއްސުރެ ހިންނަވަރު ބޮޑު ކަތީބު ކަމަށާއި، އުމުރުން 24 ގައި ރާއްޖޭގެ އެންމެ މޮޅު ފޯވާޑް ކަމަށާއި ކުޅަދާނަ ޅެންވެރިއެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުޑަ ދޮންބެއަކީ މުދަރިސްއެއް ކަމަށާއި، ވަކިން ޚާއްސަކޮށް ގައުމަށް ވަފާތެރި ހިދުމަތްތެރިއެއް ކަމަށެވެ.

ނަޝީދު ޓްވީޓް ނިންމާލާފައި ވަނީ މަރްހޫމްއަށް ސުވަރުގެ މިންވަރު ކުރައްވާ އައިލާއަށް ކެތްތެރިކަން ދެއްވުމަށް އެދެމުންނެވެ.

ކުޑަ ދޮންބެއަކީ ރާއްޖޭގެ ރަސީއުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލީހުގެ ބޮޑުބޭބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް