Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 18:17
ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު
ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު
ރާއްޖެ އެމްވީ
އަބްދުﷲ ރަޝީދުގެ މަރު
އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް މައްސަލަ ފޮނުވަން ނިންމައިފި
އަބްދުﷲ ރަޝީދު މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު
އަބްދުﷲ ރަޝީދުއާ މެދު ބަޔަކު އިހްމާލުވި ކަމަށް އާއިލާއިން ގަބޫލު ކުރޭ

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށް ފަހު އެ މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވަން ނިންމައިފިއެވެ. 

އަބްދުﷲ ރަޝީދު މަރުވި މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައި މިވަނީ މައްސަލަ ބަލަން ފެށިތާ އެއް އަހަރު ފަހުންނެވެ.

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލަށްލާފައި ހުއްޓާ ރަޝީދު މަރުވެފައި ވަނީ، 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ މި އަހަރުގެ ފެބްރުއަރީ މަހަށެވެ. ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

2017 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާޒު ވިދާޅުވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ. ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނީ އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ކަމަށެވެ.

ރަޝީދު މަރުވެފައި ވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުނެފައި ވެއެވެ. ރަޝީދުގެ އައިލާ އިން ބުނެފައި ވަނީ، އޭނާގެ މަރުގެ މައްސަލާގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރު ވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައި ނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވުން ހިމެނެއެވެ. އައިލާއަށް ކަންކަން ކުރަންވީ ގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް ވެސް އައިލާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް