Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 17:27
ވިލާ ކޮލެޖާއި، ޔުނިވަރސަލް ފައުންޑޭޝަންއާއި ދެމެދު އެމްއޯޔޫގައި ސޮއިކުރުން
ވިލާ ކޮލެޖާއި، ޔުނިވަރސަލް ފައުންޑޭޝަންއާއި ދެމެދު އެމްއޯޔޫގައި ސޮއިކުރުން
ރާއްޖެއެމްވީ
ވިލާ ކޮލެޖު
ވިލާ ކޮލެޖާއި، ޔުނިވަރސަލް ފައުންޑޭޝަނާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި
ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 މާރޗް

ވިލާ ކޮލެޖާއި، ޔުނިވަރސަލް ފައުންޑޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރުއެވެ. އަދި ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސަލް ފައުންޑޭޝަންގެ ޕްރެޒިޑެންޓް އިޔާޒް ވަހީދެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ޔުނިވަރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީން ކުރުމެވެ. ޔުނިވަރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން 2017 އިން ފެށިގެން ޑިސްކަވަރ ހޮސްޕިޓަލިޓީގެ ނަމުގައި ހޮސްޕިޓަލިޓީ ދާއިރާ އިން ސެޓެފިކެޓް ލެވެލް 3 ފެންވަރަށް ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިހާ ހިސާބަށް 40 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީން ކުރެވިފައެވެ.

ޑިސްކަވަރ ހޮސްޕިޓަލިޓީއަކީ ޔުނިވަރސަލް އިން ސްޕޮންސަރކޮށްގެން ހޮސްޕިޓަލިޓީ ދާއިރާއިން ހިލޭ ކިޔެވުމަށް ހުޅަވާލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ފުޑް އެންޑް ބެވަރެޖް ސާވިސަސް، ހައުސް ކީޕިނގް، އަދި ފްރަންޓް އޮފީސް ފަދަ ދާއިރާތަކުން ތަމްރީން ދެވޭނެއެވެ. ކޯހުގެ ބައިވެރިން ތިއަރީ ބައިތައް ވިލާ ކޮލެޖުގައި ފުރިހަމަކުރުމަށް ފަހު ޢަމަލީ ތަޖުރިބާ  ފުރިހަމަ ކުރާނީ ޔުނިވަރސަލްގެ ރިޒޯޓްތަކުގައި ތިބެގެންނެވެ. ކޯހުގެ މުއްދަތުގައި ކޯހުގެ ބައިވެރިންނަށް މަހަކު 3000ރ. ގެ އެލަވަންސްއެއް ދެވޭނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި ބޭސިކް އެޑިއުކޭޝަން ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. ކޯހުގެ ބައިވެރިން ހޮވަނީ ސެލެކްޝަން އިންޓަވިއުއަކަށް ފަހުއެވެ.

ވިލާ ކޮލެޖުން އިން ބުނީ ޖޫން މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 މާރޗް 2019 އެވެ. މި ޕްރޮގްރާމްގެ ދަށުން ނިންމި ހުރިހާ ދަރިވަރުން ވެސް މި ދާއިރާއިން ވަޒީފާ އަދާ ކުރަމުންދާކަން ވިލާ ކޮލެޖުން ފާހަގަ ކުރެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް