Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 15:48
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލީހަށް ވާދަކުރާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރަން ހައިކޯޓުން ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، ކުށުގެ ރެކޯޑް ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ހައި ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ
ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 4:00 އަށް ވެސް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރަން ހައިކޯޓުން ހާއްސަ އިންތިޒާމުތަކެެއް ހަމަޖައްސައިދީފިއެވެ.

ހައި ކޯޓުން ނެރުނު އިއުލާނުގައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، ކުށުގެ ރެކޯޑް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ހައި ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ.

ހުށައެޅޭ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް