Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 09:08
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ރާއްޖޭގެ ރައީސަކު ލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ފުރަތަމަ ފަހަރަށް ޝަރަފްވެރި ކޮށްދެއްވައިފި
މިއީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެއް

އަވަށްޓެރި ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ފުރަމާނަ ދަތުރުފުގައި ސްރީލަންކާއަށް ވަޑައިގެންނެވުމުން ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މިއީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ސްރީލަންކާގެ ރައީސް ދެއްވާ ރަސްމީ ޖާފަތެއް ވެސް އޮންނާނެއެވެ.

ރައީސް ސޯލިހު ވަނީ އާދިއްތަ ދުވަހު ހަވީރު ލަންކާގެ ދިވެހި އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާގެ އިތުރުން އަވަށްޓެރި އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ބޮޑުވަޒީރާއި އެ ޤައުމުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް